ENGLISH

15 ނޮވެމްބަރު 2025

Advertisement

ދެން އޮތީ ފަހު ފުރުސަތު: ކޭޖީއެމްގެ ވަދާޢީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި

15 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ކޮސްގިނަ މިސްޓޭކްގެ މުހިންމު މަންޒަރެއް

ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަންގެ "ކޮސްގިނަ މިސްޓޭކް" ގެ ވަދާޢީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ނިޔަލަށް މި ފިލްމުގެ ޝޯތައް ދައްކާނެ އެވެ. ވަދާޢީ ތިން ޝޯ އޮންނާނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހުގެ ރެ އެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިއަދު ބުނީ ވަދާޢީ ތިން ޝޯގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ. 

ހައުސްފުލް ގިނަ ޝޯތަކެއް ދައްކާފައިވާ މި ފިލްމަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވެ އެވެ.

ހީލަން އަދި އުފާވެރި ވަގުތުކޮޅަކަށް ފައްކާ ފިލްމެއްް

އެއްގޮަތަށް ވުރެ ގިނަ ގޮތްގޮތުން މިއީ ބަލާލަން ރަނގަޅު ފިލްމެކެވެ. ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ހިމެނޭތީއާ ޝައުގުވެރި ކަންތައްތަކެއް ދައްކައިދޭތީ އެވެ. އަދި މިއީ އާއިލާއާ އެކުވެރީންނާއެކު ގޮސް ބަލާލެވޭނެ ފިލްމަކަށް ވެސް ވާތީ އެވެ.

ފިލްމްގައި ބޭނުންކޮށްފައިވާ ޑައިލޮގްތަކާއި މުޅި ވާހަކަ ވެސް އާއިލާތަކާއެކު ތިބެ އަޑުއަހާލަން ރަނގަޅެވެ. 

އެންމެން އެކުގައި ތިބެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފުރުސަތުތައް މަދުއިރު މިއީ އެކަމަށް އެންމެ ސަޅި ފުރުސަތެވެ. ޔަޤީނުން ވެސް ރިގްރެޓް ނުކުރާނެ އެވެ. ފިލްމު ބަލަމުން ގެންދާއިރު ހީލާނެ ކިތަންމެ ފުރުސަތެއް ލިބޭނެ އެވެ. ޖުމްލަކޮށް ބުނާނަމަ އުފާވެރި ވަގުތުކޮޅެއް ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު