ENGLISH

15 ނޮވެމްބަރު 2025

Advertisement

ކާމިޔާބު 104؛ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ނުގަވާއިދުން އުޅުނު 9،021 މީހުން ޑީޕޯޓުކޮށްފި

15 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އިމިގްރޭޝަނުގެ އޮޕަރޭޝަނެއްގެ ތެރެއިން ބިދޭސީންތަކެއް ބަލައިފާސްކުރަނީ، ފޮޓޯ: އިމިގްރޭޝަން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެއަށް ކުރިމަތިވެފައި އޮތް އިގުތިސާދީ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ ނުގަވާއިދުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައެވެ. 

މިއީ ތަފާތު ސަަރުކާރުތަކުން ހައްލުކުރަން މަސައްކަތްކުރި މައްސަލައެކެވެ. ކުރީގެ ނުފޫޒުގަދަ ބައެއް ވަޒީރުން މި މައްސަލަައަށް ދާއިމީ ހައްލެއް ހޯދައިނުދެއްވިއްޖެނަމަ އިސްތިއުފާދެއްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ބޭފުޅުންގެ ވެރިކަން ނިމިގެންދިޔައީ މައްސަލަ ހައްލުކުރުމުގައި ކުޅިފަސް ނުހޯދި މައްސަލަ އިތުރަށް ގޯސްވެގެންނެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާއި އެމީހުން ތިބި ތަނަަކާއި، އެއީ ކޮން ބައެއްކަން ދައުލަތަަށް ހޯދިފައި ނެތެެވެ. ބިދޭސީންނާ ގުޅޭ މައުލޫމާތު ރަނގަޅަށް ނިޒާމީ ގޮތެއްގައި ބެލެހެއްޓިފައި ނުވެއެވެ. 

އެމަނިކުފާނު މަސައްކަތް ފެއްޓެވީ އެހިސާބުންނެވެ. އޮޕަރޭޝަން ކުރަނގި ނަމުގައި ހޯމް މިނިސްޓްރީން ބޮޑު އޮޕަރޭޝަނެއް ފެށިއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުތަކުގައި ބިދޭސީންނާ ގުޅޭ މައުލޫމާތު އެއްކޮށް ބެލެހެއްޓޭނެ އިންތިޒާމުތައް ތަރުތީބުކުރެވުނެވެ. އެ މަސައްކަތް މިހާރު ނިމުމަކާ ގާތަަށް އައިސްފައިވާއިރު ގިނަ އަދަދެއްގެ ބިދޭސީންގެ ބައޯ މެޓްރިކް ޑޭޓާ އެއްކުރެވިފައިވެއެވެ. 

އޮޕަރޭޝަން ކުރަނގީގެ ދަށުން ކުރެވުނު މަސައްކަތުން ބިދޭސީންގެ ފޮޓޯ ނަގައި، އެމީހުންގެ އިނގިލީގެ ނިޝާން ނެގުމާއެކު އެމީހުން ދިރިއުޅޭ ތަނާއި ކުރާ މަސައްކަތާއި، އެމީހުންނަށް ޖާމިނުވާ ދިވެހި ފަރުދުންނާއި ވިޔަފާރިތަކުގެ މައުލޫމާތު އެއްކުރެވުނެވެ. 

ރެޔާ ހަމަައަށް 191،723 ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާނާއި އެމީހުންނާ ގުޅުންހުރި އެހެނިހެން މައުލޫމާތުތައް އެއްކުރެވިއްޖެއެވެ. އެމީހުން ކުރާ މަސައްކަތާއި ދިރިއުޅޭ ތަންތަން ފަދަ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެނގުން ލާޒިމު، ނަމަވެސް ކުރިން ހޯދި އެއްކުރެވިފައި ނެތް މުހިއްމު މައުލޫމާތެވެ. 

މައުލޫމާތު އެއްކުރުމުގެ އިތުރަށް ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، ރާއްޖޭގެ ސަރަހައްދުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގަމުންދިޔަ ބިދޭސީން ހޯދައި ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތްވެސް ހަލުއިކަމާއެކު ކުރެވިގެން ގޮސްފައިވެއެވެ. 

އެގޮތުން ރެއާ ހަމައަށް ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި 9021 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓުކުރެވިފައިވެއެވެ. އޭގެ ކުރީ ފަސް އަހަރު ރާއްޖެއިން ޑީޕޯޓުކޮށްފައިވަނީ އެންމެ 2،165 ބިދޭސީންނެވެ. އެހެންކަމުން ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގެ ފުރަތަމަ ދެ އަހަރު ތެރޭ ޑީޕޯޓުކުރި ބިދޭސީންގެ އަދަދު އޭގެ ކުރީ ފަސް އަހަރުގައި ޑީޕޯޓުކުރި ބިދޭސީންގެ އަދަދަށްވުރެ 143 އިންސައްތަ އިތުރެވެ. 

މާދަމައިން ފެށިގެން ބައޯމެޓްރިކް ޑޭޓާ ނުދީ ރާއްޖޭގައި ބިދޭސީންނަށް ނޫޅެވޭނެއެވެ. އެފަދަ ބިދޭސީން ހޯދައި ޑީޕޯޓުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެއެވެ. 

ބިދޭސީން ކުށްކުރާ ވާހަކައާއި، ރާއްޖޭގައި ނުގަވާއިދުން ވިޔަފާރިކޮށް ދިވެހިންނަށް ދިވެހި އިގުތިސާދުން ލިބެން ހުރި ފުރުސަތުތައް ޖަހައިގަންނަމުންދާ ވާހަކައަކީ ޒަމާންތަކެއްވީ ބޮޑު ގިލަންވެރިކަމެކެވެ. މި ގިލަންވެރިކަމަށް ތަސައްލީއެއް ހޯދައިދެއްވަން ފިޔަވަޅުތައް އަޅުއްވައި ސިޔާސަތު ތަރުތީބުކުރައްވަައި ތަންފީޒުކުރައްވަމުންގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. 

ކިޔުންތެރިންގެ ހިޔާލު