ENGLISH
21 ނޮވެމްބަރު 2025
ޕީއެންސީގެ ބޮޑު ޖަލްސާގައި ކުރީގެ ވަޒީރު މަޙްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފި
14 ނޮވެމްބަރު 2025
|
މަޙްލޫފް ޕީއެންސީއާ ގުޅިވަޑައިގަތުން.
މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަޙްމަދު މަޙްލޫފް މިރޭ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
މަޙްލޫފް ޕީއެންސީއާ ގުޅިވަޑައިގަތީ މިރޭ އެ ޕާޓީން ބޭއްވި "ދިވެހީންގެ ރާއްޖެ" ބޮޑު ޖަލްސާގައެވެ.
މަޙްލޫފް ޕީއެންސީއާ ގުޅިވަޑައިގަތުމަށްފަހު ޕީއެންސީގެ ފޯމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ އަރުވާފައެވެ.
މަޙްލޫފް ވަނީ މީގެކުރިން ޑީއާރުޕީ އަދި ޕީޕީއެމްގެ އިތުރުން އެމްޑީޕީގައި މަސައްކަތްކުރައްވައިފައެވެ. މަޙްލޫފް ޕީއެންސީއާ ގުޅިވަޑައިގަތްއިރު، މަޙްލޫފް ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަޠީފް ޕީއެންސީއަށް ސޮއިކުރުން
މިދިޔަ ދުވަސްތަކުގައި މަޙްލޫފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ތާއިދުކުރައްވައި ވާހަކަދައްކަވައިފައެވެ. ޚާއްޞަކޮށް "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރަން ފެށުމާއެކު މަޙްލޫފް ވަނީ ސަރުކާރުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައިފައެވެ.
މަޙްލޫފްގެ އިތުރުން މަގުބޫލު އިތުރު ބޭފުޅުން ވެސް މިރޭގެ ޖަލްސާގައި ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އެގޮތުން ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަޠީފު ވެސް މިރޭގެ ޖަލްސާގައި ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ.
އާޓިފިޝަލް ބީޗު ސަރަޙައްދުގައި މިރޭ އޮތް ޕީއެންސީގެ ބޮޑު ޖަލްސާއަށް އެތައް ހާސް ބަޔަކު ވަނީ ގޮސްފައެވެ. މިރޭ އޮތް ބޮޑު ޖަލްސާއަކީ ފަހުގެ ތާރީހެއްގައި ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ޖަލްސާއެވެ.