ENGLISH
24 ނޮވެމްބަރު 2025
ބޮޑު ބައްދަލުވުމަށް ރައީސް ވަޑައިގަތުން؛ މުޅި ސަރަހައްދު އެއް އަޑަކުން މަރުހަބާ
14 ނޮވެމްބަރު 2025
|
އެއްވެ ތިބި މީހުންނަށް ރަައީސް ހަނާއަޅުއްވަނީ، ފޮޓޯ: ޕީއެންސީ
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ ބޮޑު ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަޑައިގަތުމުން އެތަނުގައި އެއްވެފައި ތިބި އެތައް ހާސް ރައްޔިތުން އެމަނިކުފާނަށް މަރުހަބާއެއް ދަންނަވައިފިއެވެ.
މިރޭ 8:45 ހާއިރު ރައީސް ވަޑައިގަތްއިރު އެތަނުގައި އެތައްހާސް ބަޔަކު ތިއްބެވެ. އެމަނިކުފާނަށް އެތަނުން މަރުހަބާ ވިދާޅުވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ޕީއެންސީގެ ލީޑާޝިޕުގެ އިސް ބޭފުޅުންނެވެ.
މިހާރު ޖަލްސާ ފެށިގެން ކުރިއަށްދާއިރު، އާޓިފިޝަލް ބީޗާއި ބީޗުގެ ކުރިމަތިން ގޮސް ރާޅުގަނޑު ސަރަހައްދާ ހަމައަށް އަދި އަނެއް ފަޅިން އަލިމަސްކާނިވާ ސަރަހައްދާ ހަމައަށް މީހުން ޖަމާވެފައިވެއެވެ. އެތަނުގައި ގާތްގަނޑަކަށް ވިއްސަކަަށް ހާސް މީހުން ތިބޭނެ ކަމަށް ޕީއެންސީގެ އިސްވެރިން ވިދާޅުވެއެވެ.
ރައީސް އެ ސަރަހައްދަށް ވަޑައިގެން އެތަނުގައި ހުރި ސްޓޭޖަކަށް އަރާވަޑައިގެން އެތަނަށް އެއްވެ ތިބި ގިނަ ރައްޔިތުންނަށް ހަނާއެޅުއްވިއެވެ. ރައީސްވަނީ އެމަނިކުފާނު ސްޓޭޖަށް ވަޑައިގަތް މަގުމަތީގައި ސަފުގައި ތިބި ގިނަ ރައްޔިތުންނާވެސް ސަލާންކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި ރައީސް ޑރ.މުޢިއްޒު ތަގުރީރުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. ޖަލްސާއަށް ދިޔަ ގިނަ ބަޔަކު ބުނަމުން އައީ އެ ބައްދަލުވުމަށް އެމީހުން އައި މައިގަނޑު ބޭނުމަކީ ރައީސް ޑރ.މުޢިއްޒުގެ ތަގުރީރު އަޑުއެހުމަށް ކަމަށެވެ.