ENGLISH

15 ނޮވެމްބަރު 2025

Advertisement

މިދިޔަ ދެ އަހަރުން އަޑުއިވެން އޮތީ އޯގާތެރިކަމުގެ އެތައް ވާހަކައެއް: ހީނާ

14 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ހީނާ ވަލީދު،

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފާއިތުވި ދެ އަހަރު ފެންނަންް އޮތީ އެމަނިކުފާނުގެ އޯގާތެރިކަމުގެ އެތައް ވާހަކައެއް ކަމުގައި އެންސްޕާގެ ސީއީއޯ އަދި ޕީއެންސީގެ ކައުންސިލު މެންބަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ވެރިކަން ކުރާ ކޮންގުރެސް ޕާޓީގެ ފަރާތުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދާ ބޮޑު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަަތަކީ ދިވެހި ރައްޔިތުން އެދިއެދި ތިބި ނިޔަނެތި، އޯގާތެރި އިޚުލާޞްތެރި ވެރިކަމެއްކަން މިރޭގެ ބައްދަލުވުމަށް މީހުން އެއްވެ ތިބި މިންވަރުން ދައްކުވައިދޭ ކަމަށެވެ. 

"މިދިޔަ ދެ އަހަރު ވާދަވެރި ސިޔާސީ ލީޑަރަކު ސިޔާސީ ބޭނުމަކު ޖަލަަކަށް ނުލައްވާ، އޯގާތެރިކަމާއެކު، ވަރަށް އުދަގޫ މައްސަލަތައް ހައްލުކުރެއްވުމަށް ވަރަށް ގިނަ ބުރަ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ އެގެންދަވަނީ ކުރައްވަމުން،" ހީނާ ވިދާޅުވިއެވެ. 

ފާއިތުވަމުންދާ ދެ އަހަރު ތެރޭގައި ފެނިގެންދިޔައީ ރައީސްގެ އޯގާތެރިކަމުގެ އެތައް މިސާލެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނުގެ އޯގާތެރިކަމުގެ އެއް މިސާލުގެ ގޮތުގައި ހީނާ ފާހަގަކުރެއްވީ މީގެ ކުރިން އައިނު ހެއްދުމަށް ރައްޔިތުންގެ ޖީބުން އަމިއްލަ އަތުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ ގޮތަށް އޮއްވައި އެކަން ބަދަލުކުރައްވައި ސަރުކާރުން ހިލޭ އައިނު ހަދައިދޭން ފެށީ ރައީސްގެ އިސްނެންގެވުމަށް ކަމުގައެވެ. 

"ކޮންމެ ރައްޔިތަކުވެސް އައިނު ހައްދަން އެމީހެއްގެ އަތުން ބޮޑު އެއްޗެއް ހޭދަކުރަންޖެހުނު. ރައްޔިތުން އެތައް ޝަކުވާއެއް ކުރި. އެކި ސަރުކާރުތަކާ ރައްޔިތުންގެ މި ޝަކުވާތައް ހިއްސާކުރި. އެހެންނަމަވެސް ދާދިފަހަކާ ޖެހެންދެން މިކަން އޮތީ މިގޮތަށް. ނަމަވެސް އަޅުގަނޑުމެންގެ ރައީސް އެކަން ބަދަލުކުރައްވައިފި. އާސަންދަ މެދުވެރިކޮށް އައިނު ހައްދަން ދޭ އެހީ 2،000 ރުފިޔާއަށް ބޮޑުކުރައްވަައިފި. ރައްޔިތުންގެ އަތުން އެއްޗެއް ނުގޮސް އައިނު ހެއްދޭނެ ގޮތް ފަހިކޮށްދެއްވައިފި،" ހީނާ ވިދާޅުވިއެވެ. 

ތެލެސީމިއާ ކުދިންގެ އުދާސްތަކަަކީ އަޑުއަހަން ދަތި އުދަގޫ ވާހަކަަތަކެއްކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ 19 ކުއްޖަކު ބޯން މެރޯ ހަދައި ނިންމާފައިވާއިރު 10 އަހަރުގެ ކުދިން މިހާރުވެސް ބޭރުގައި ބޯންމެރޯ ހަދަން އެބަތިބި ކަމަށެވެ. މި ސަރުކާރުން ބޯން މެރޯ ހަދަން ފޮނުވި ކުދިންގެ ފުރަތަމަަ ބެޗުގައި 18 އަހަރުން މަތީގެ ކުދިން ތިބުމުން އެނގުނީ ފާއިތުވި ތަނުގައި ބޯންމެރޯ ހެދޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ނެތްކަން ކަމުގައި ހީނާ ވިދާޅުވިއެވެ. 

ތެލެސީމިއާ ސެންޓަރުގެ ހާލަތާމެދު ހުރި ކަންބޮޑުވުންތައް އަމިއްލައަށް ބައްލަވައި އެކަންކަން ހައްލުކޮށްދެއްވިކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ މިއީ ފާއިތުވި 20 އަހަރު ތެރޭގައިވެސް ވެރިއެއްގެ ކިބައިން ނުފެނުނު ކަމަށެވެ. 

ދަރިން ނުލިބިގެން ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައި، އެންޑިއޯމެޓްރިކްސް ފަދަ ބަލިތަކުގެ ފަރުވާ އާސަންދައިގެ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވީވެސް ރައީސްކަމަށް ހީނާ ވިދާޅުވިއެވެ. 

އަންހެނުން ބާރުވެރިކުރުމަށް ޑަބްލިއުޑީސީގައި ތިބި އަންހެނުން ރިކޮގްނައިޒްކުރައްވައި، ސިޔާސީ މައިދާނުގައި އަންހެނުންނަށް އޮތް ދައުރު އިތުރުކޮށްދެއްވައި، ބޯޑުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރެއްވި ކަމަށް ހީނާ ވިދާޅުވިއެވެ. 

ހީނާ ވިދާޅުވީ ރައީސްގެ ފަހަަތްޕުޅުގައި ތިބޭ އަންހެނުންގެ އަގު ވައްޓައިލުމަށް އިދިކޮޅުން މަސައްކަތްކުރަނީ، އަގުވައްޓައިލާ ނަފުސާނީ ގޮތުން ބަލިކޮށްލުމަށް ކަމަށެވެ. އަދި އެގޮތުން އެންސްޕާއިން ހިންގި މުއާމަލާތަކާ ގުޅުވައިގެން އޭނާއަށް ފުރައްސާރަކޮަށް އޭނާއަށް ކުރިމަތިވެފައިވާ ބައްޔަކާ ގުޅުވައިގެން ފުރައްސާރަކޮށް ދުއްތުރާ ކުރަނީ އިންސާނިއްޔަތުކަން ނެތުމުން ކަމަށްވެސް ހީނާ ވިދާޅުވިއެވެ. 

ހީނާ ވިދާޅުވި ގޮތުގައި މިފަދަ ހާލަތުގައިވެސް އެންމެ ބޮޑު ހިތްވަރެއް ލިބިވަޑައިގެންނަވަނީ ރައީސްއާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ކުރާ ފުރައްސާރައަށް ބެެއްލެވުމެއް ނެތި ކުރިއަށްވަޑައިގަންނަވާ ގޮތުން ކަމަށެވެ. އެގޮތުން ދޭހާ އައްވާއި ވެހޭ ވާރޭއެއްގައި ރައީސް އަތޮޅުތަކަށް ވަަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވީ އެމަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނާމެދު އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމުގައިވެސް ހީނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު