ENGLISH

15 ނޮވެމްބަރު 2025

Advertisement

މިހާރުވެސް ހައިރާން ކޮށްލައިފި، މުޅި އާޓިފިޝަލް ބީޗް ސަރަޙައްދު ފުރާލައިފި

14 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ކޮންގްރެސް ޖަލްސާއަށް މީހުން އެއްވެފައި

މިރޭ އޮންނަ ކޮންގްރެސް ޕާޓީގެ "ދިވެހީންގެ ރާއްޖެ" ބިޔަ ބޮޑު ޖަލްސާ ފެށުމުގެ ވަގުތު ކުޑަތަން ވަމުންދާއިރު މުޅި އާޓިފިޝަލް ބީޗް ސަރަހައްދު ފުރާލައިފި އެވެ.

ކުރީން ވެސް ބެލެވިފައި އޮތް ގޮތުން މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިގޮތަށް ބޭއްވޭނެ އެންމެ ފޯރިގަދަ އަދި އެންމެ ބައިބޯ ޖަލްސާ އެވެ. ޖަލްސާ ފެށެން އޮތީ 9:00 ގަ އެވެ. ނަމަވެސް މިހާރުވެސް މުޅި އާޓިފިޝަލް ބީޗް ސަރަހައްދު ވަނީ ކޮންގްރެސްގެ މެންބަރުންނާއި ސަޕޯޓަރުންނައިގެން ފުރިފަ އެވެ.

އެ ރައްޔިތުން ތިބީ ޤައުމީ ދިދަތަކާއި ކޮންގްރެސް ޕާޓީގެ ދިދަތައް ހިފައިގެންނެވެ. މުޅި އާޓިފިޝަލް ބީޗް ސަރަހައްދާއި މަޖީދީމަގުގެ ބަޔަކާއި ބޮޑުތަކުރުފާނު މަގުން ބައެއް ވަނީ އެއްކޮށް ފުރިފަ އެވެ. މިހާރުވެސް އެތައް ހާސް ބަޔަކު ވަނީ ޖަލްސާއަށް އެއްވެފަ އެވެ.

މި ޖަލްސާގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާނެ ކަމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަގުރީރުކުރެއްވުމެވެ. އެމަނިކުފާނުގެ މިރޭގެ ތަގުރީރުގައި ވެރިކަމުގެ ދެ އަހަރު ކޮށްދެއްވުނު މަސައްކަތްތަކާއި، ކުރިއަށް އޮތް ތިން އަހަރު ސަރުކާރުން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާނެ ކަމުގައި ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު