ENGLISH
15 ނޮވެމްބަރު 2025
މިރޭގެ ހަރަކާތަކީ ރައީސްގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަނެފައިވާކަމުގެ ހެއްކަކަށްވާނެ: އިހުސާން
14 ނޮވެމްބަރު 2025
|
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: އެމްއެމްޓީވީ
މިރޭ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)އިން ބާއްވާ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިހާތަނަށް ތަންފީޒުކުރެއްވި ސިޔާސަތުތައް ރައްޔިތުން ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެއްކަކަށްވާނެ ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވީ މިރޭ އޮންނަ ޖަލްސާއާ ގުޅޭ ގޮތުން އެމްއެމްޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. އިހުސާން ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ވެރިކަމަށް ދެ އަހަރުވުމާ ގާތްވެފައިވާއިރު، ފާއިތުވި ދެ އަހަރަކީ، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ ހިދުމަތްތެރި ވެރިކަން ފެނުނު ދެ އަހަރު ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމަށް ދެ އަހަރުވެގެން އަންނައިރު އަޅުގަނޑު ގަބޫލުކުރަނީ ދިވެހި ރައްޔިތުން އެދޭފަދަ ދިވެހި ރައްޔިތުންނަށް އެންމެ ހިދުމަތްތެރި ދެ އަހަރުގެ ވެރިކަމޭ ފެނިގެންމިދަނީ،" އިހުސާން ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ ރައީސްގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ކަންކަން ކުރިއަށްދިޔަ ގޮތަށް ބަލާއިރު، މި ފަސް އަހަރުގެ ދައުރު ނިމިގެންދާނީ ދިވެހީން ބޭނުންވާ ދިވެހީންގެ ރާއްޖެ ހާސިލުކުރެވިގެން ކަމަށެވެ.
އެއާއެކު އިހުސާން ފާހަގަކުރެއްވީ ވެރިކަމުގެ ކަންކަން ރަނގަޅަށް ކުރިއަށްދާތީ ރައްޔިތުން ތިބީ ރައީސާއެކު މިފަފދަ ބޮޑު އެއްވުމެއްގައި ވަގުތު ހޭދަކޮށްލުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އިތުރަށް އިހުސާން ވިދާޅުވީ މިރޭގެ ޖަލްސާވެގެންދާނީ ރައީސް ޑރ.މުޢިއްޒަަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ތާއީދާއި ލޯބި ދައްކުވައިދީ، އެމަނިކުފާނު ތަންފީޒުކުރެއްވި ސިޔާސަތުތަކާމެދު ރައްޔިތުން ރުހި ގަބޫލުވާކަމުގެ އަލިގަދަ ހެއްކަކަށް ކަމަށެވެ.