ENGLISH

15 ނޮވެމްބަރު 2025

Advertisement

ޖަލްސާ ފެށެން ދޮޅުގަޑިއިރު؛ މީހުން އެއްވަނީ، އެއްވަނީ! ފެންނަނީ ސަރުކާރަށް އޮތް ތާއީދު

14 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ޖަލްސާ އޮތް ސަރަހައްދަށް މީހުން ޖަމާވަމުންދަނީ، ފޮޓޯ: އެމްއެމްޓީވީ

މިރޭ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)އިން ބާއްވާ ޖަލްސާ ފެށުމަށް ދޮޅުގަޑިއިރަށް ވެފައިވާއިރު އާޓިފިޝަލް ބީޗަށް މީހުން އެއްވާން ފަށައިފިއެވެ. 

މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް ޖަމާވަމުންދާއިރު، މި އެއްވުމަކީ ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު ސިޔާސީ އެއްވުމަށް ވާނެ ކަމުގައި ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. މި އެއްވުމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެއަށް އައިސްފައިވެއެވެ. 

ފާއިތުވި ބުދަ ދުވަހާއި ބުރާސްފަަތި ދުވަހާއި މިއަދުގެ ދުވާލުގެ އެކި ވަގުތުތަކުގައި ވަރަށް ގިނަ އަދަދެއްގެ މީހުން މާލެއަށް އައިސްފައިވާއިރު، އެ މީހުންނަށް މަރުހަބާ ކިޔުމަށް އިންތިޒާމީ ގޮތެއްގައި ޕީއެންސީން ގިނަ ހަރަކާތްތަކެއް މާލޭ ސަރަހައްދުގައި ހިންގިއެވެ. 

އެގޮތުން މަރުހަބާ ކިޔުމަށް ވަކި ޓީމު ނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަނޑު މަގުންނާއި ވައިގެ މަގުން މާލެއަށް އައި މީހުންނަށް ޕާޓީގެ ހަރުގެ ކައިރީގައި މަރުހަބާ ކިޔުމަށް ގިނަ ހަރަކާތްތައް ބާއްވާފަައިވާއިރު، އެކި ރަށްރަށުން ކަނޑު މަގުން މާލެއަށް އައި މީހުންނަށް މަރުހަބާ ކިޔުމުގެ ކަންކަން ބަނދަރު ސަރަހައްދުގައި ކުރިއަށްގެންގޮސްފައިވެއެވެ. 

މާލެއަށް އަންނަ މީހުން މާލޭގައި ތިބޭ ވަގުތުތަކުގައި އެމީހުންނަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ޕާޓީން އިންތިޒާމުކޮށް ހަމަޖައްސައިދީފައިވާއިރު، މިއީ މިހާ ބޮޑު ސިޔާސީ ހަރަކާތެއް މިހާ އިންތިޒާމުތައް ރަނގަޅުކޮށް މާލޭގައި ކުރިއަށްގެންދެވުނު ފުރަތަމަ ފަަހަރެވެ. 

މިރޭ ޖަލްސާ ފަށާ ވަގުތު ކައިރިވަމުން އަންނަ މިންވަރަކަށް ޖަލްސާ އޮތް އާޓިފިޝަލް ބީޗު ސަރަހަައްދަށް އެއްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ބެލެވޭ ގޮތުގައި ޖަލްސާ ފެށޭއިރު އެ ސަރަހައްދު އެކީ ފުރިގެންދާނެއެވެ. 

މި ޖަލްސާގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާނެ ކަމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަގުރީރުކުރެއްވުމެވެ. އެމަނިކުފާނުގެ މިރޭގެ ތަގުރީރުގައި ވެރިކަމުގެ ދެ އަހަރު ކޮށްދެއްވުނު މަސައްކަތްތަކާއި، ކުރިއަށް އޮތް ތިން އަހަރު ސަރުކާރުން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާނެ ކަމުގައި ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު