ENGLISH

15 ނޮވެމްބަރު 2025

Advertisement

ޕީއެންސީގެ ފަހުލަވާނުންނަށް ނާއިބު ރަައީސްގެ ޝުކުރު، ފެންނަނީ ރައީސަށް އޮތް ލޯތްބާއި ތާޢީދު

14 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށެއްގައި --

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް -- ކޮންގްރެސް ޕާޓީގެ ހިތްވަރުގަދަ ފަހުލަވާނުން ދައްކަމުންދާ ނަމޫނާއަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުޙައްމަދު ލަތީފް ޝުކުރު އަދާކުރައްވައިފި އެވެ.

ނާއިބު ރައީސް އެކަން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވީ މިރޭ އޮންނަ ކޮންގްރެސް ޕާޓީގެ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ކޮންގްރެސް ޕާޓީގެ އެތައް ހާސް ސަޕޯޓަރުންނެއް މާލެ އައުމާއި ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ އެކަމުން ދައްކުވައި ދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޕާޓީގެ މެންބަރުންގެ އޮތް ލޯތްބާއި ކުރާ ތާއީދެވެ.

"ރައީސް ޑރ. މުޢިއްޒުއަށް އޮތް ލޯތްބާއި ކުރާ ތާއީދަަށް ޕާޓީ އިން ގޮވާލި ގޮވާލުމަށް މުޅި ރާއްޖެއިން މިރޭގެ ޖަލްސާއަށް އަންނަ ޕީއެންސީގެ ފަހުލަވާނުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން," ނާއިބު ރައީސްގެ ޕޯސްޓްގައި ވެ އެވެ.

"ދިވެހީން ރާއްޖެ" ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ޖަލްސާގައި ދިވެހިރައްޔިތުންނާ މުޚާތަބު ކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އެވެ.

މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ އެމްއެމްޓީވީން ވަގުތުން ގެނެސްދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު