ENGLISH
15 ނޮވެމްބަރު 2025
މިހާރު ފުވައްމުލަކުގެ ފެނަކަ ބްރާންޗުން ދޫކުރާ ފެން ސިއްހީ މިންގަނޑުތަކަށް ފެތޭ: އެމްއެފްޑީއޭ
14 ނޮވެމްބަރު 2025
|
ފުވައްމުލަކުގެ ފެނަކަ ބްރާންޗުން ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުވެފައިވާކަމަށް އެފްއެފްޑީއޭއިން ބުނެފައިވޭ
ފުވައްމުލަކު ސިޓީގެ ފެން ތަޣައްޔަރުވުމުގެ މައްސަލަަ ހައްލުކޮށް އެ ސިޓީގެ ފެނަކަ ބްރާންޗުން ދޫކުރާ ފެނަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސިއްހީ މިންގަނޑުތަކަށް ފެތޭ ފެންކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުވައްމުލައް ސިޓީއަށް ކުރިމަތިވި މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެނަކައިން ދޫކުރާ ފެނުގެ ސާމްޕަލްތައް ނަގައި ޓެސްޓުކޮށްފައިވާނެ ކަމަށެވެ.
އަދި ފުވައްމުލަކު ސިޓީގެ ފެނަކަ ބްރާންޗުން ދޫކުރި ފެނުގެ ސާމްޕަލްތައް ނަގަައި ތަހުލީލުކުރި ކުރުމުން އެ ސިޓީގައި ދޫކޮށްފައިވާ ފެނަކީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ ޑަބްލިއުއެޗްއޯގެ ބޯ ފެނުގެ މިންގަނޑުތަކަށް ފެތޭ ފެން ކަމަށްވެސް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
ފުވައްމުލަކު ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެން ކަނޑައިލުމަށްފަހު ކުރިމަތިވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށް ފެނަކައިން މަސައްކަތްކުރަމުންދިޔައިރު، ސަރުކާރުން ދިޔައީ މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ބޯ ފެން ފޯރުކޮށްދެމުންނެވެ.
އެގޮތުން ވައިގެ މަގުން އައްޑޫއާއި މާލެއިންވެސް ފުވައްމުލަކަށް ބޯ ފެން ގެންގޮސްފަައިވެއެވެ. އަދި އެ ފެން ހުރިހާ ގޭބީސީއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންގޮސްފައިވެއެވެ.