ENGLISH

15 ނޮވެމްބަރު 2025

Advertisement

ކޮންގްރެސްގެ ބޮޑު ޖަލްސާ؛ ނައިފަރުން 500 މީހުން، އާދަޔާ ޚިލާފު ޖޯޝެއް

14 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާއަށް ނައިފަރުން އައި ބައެއް ރައްޔިތުން --

ކޮންގްރެސް ޕާޓީން މިރޭ ބާއްވާ ބިޔަ ބޮޑު ޖަލްސާގައި ބައިވެރިވާން ފާދިއްޕޮޅު ނައިފަރުން ވަަރަށް ގިނަ އަދަދެއްގެ ބަޔަކު މާލެ އަރައިފި އެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން އެތައް ހާސް ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭ މިރޭގެ ޖަލްސާއަށް ނައިފަރުން މާލެ އައި ރައްޔިތުންނަށް ކޮންގްރެސްގެ އޮފިޝަލުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ނައިފަރަށް ނިސްބަތްވާ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގަައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާއަށް ނައިފަރުގެ 500 އެއްހާ މީހުން މާލެ އައިސްފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ ނައިފަރުގެ ރައްޔިތުންގެ މި ތާޢީދުން ބުނެދެނީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި އެ ރަށާއި މުޅި ރާއްޖެއަށް ގެންނަމުންދާ ހެޔޮ ބަދަލުތައް ރައްޔިތުން ބަލައިގަންނަ މިންވަރެވެ.

ނައިފަރުން މިރޭގެ ޖަލްސާއަށް އައި ބައެއް މީހުން ބުނީ ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ މިފަދަ މުހިންމު ޖަލްސާއެއްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރަކާއި އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ހެޔޮހިތުން މިތަނަށް އައިސް. އަޅުގަނޑުމެންގެ އަތުގައި މިވާ ފޮތިގަނޑުތަކުން ބުނެދެނީ ނައިފަރަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދަވަމުން ގެންދަވާކަން. އެހެންކަމަށްވީއިރު މި ރައީސްގެ ފަހަތުގައި ނުތިބެންވީ ކީއްވެތޯ," މިރޭގެ ޖަލްސާއަށް ނައިފަރުން އައި މީހަކު ބުންޏެވެ.

މިރޭގެ ޖަލްސާ އޮންނާނީ މިރޭ 8:30 ގަ އެވެ. މިއީ މި ފަހުގެ ތާރީޚެއްގައި ބާއްވާނެ އެންމެ ބޮޑު އެއް ޖަލްސާ އެވެ.

ކިޔުންތެރިންގެ ހިޔާލު