ENGLISH

15 ނޮވެމްބަރު 2025

Advertisement

މަނަދޫގައި ގާއިމްކުރާ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ

13 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

މަނަދޫގައި އިމާރާތް ކުރާ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނ. މަނަދޫގައި ހަދާ ފުލުހުންގެ އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ އޮފީސް އިމާރާތުގެ ދެވަނަ ފަންގިފިލާގެ ފްރޭމްވޯކް ތައްޔާރުކުރުމާއި ރެއިންފޯސްމެންޓްގެ މަސައްކަތް ކަމަށެވެ.

މަނަދޫގައި ގާއިމްކުރާ ފުލުހުންގެ އިމާރާތާއެކު، ރައްޔިތުންނަށް އިތުރު އަމާންކަމާއި ރައްކާތެރިކަން ގެނެސްދިނުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތަށް ފަސޭހަވެގެންދާނެއެވެ. 

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ގާނޫނާއި ގަވާއިދަށް ދިވެހިން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފުލުހުން ދެމުން އަންނަ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ސަރުކާރުންނާއި، ފުލުހުންގެ ވުޒާރާއިން އަންނަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު