ENGLISH
12 ނޮވެމްބަރު 2025
ސަރުކާރުން ރޯދަ ހަދިޔާ ދިނުން؛ މި އަހަރުވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް
12 ނޮވެމްބަރު 2025
|
މިދިޔަ އަހަރު ރޯދަ ހަދިޔާ ދޫކުރުން --
ކުރިއަށް އޮތް ރަމަޟާން މަހުވެސް ސަރުކާރުން ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ރޯދަ ހަދިޔާ ދޭން ނިންމާފައިވާއިރު އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މި އަހަރު ކޮންމެ ގޭބީސީއަކަށް ވެސް ރޯދަ ހާދިޔާގެ ގޮތުގައި މަސްދަޅު ކޭހެއް ދޭނެ އެވެ.
ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި ކައުންސިލުތަކާ ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންނަށް މަސްދަޅު ކޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މި އަހަރުވެސް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން މިފްކޯއާ ކަމާގުޅޭ މިނިސްޓްރީތަކާއެކު މިހާރު މަސައްކަތް ވަނީ ފަށާފަ އެވެ.
ރަމަޟާން މަހަކީ އެހެނިހެން މަސްތަކަށްވުރެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑު، ޖުމްލަކޮށް ހުރިހާ ގޭބީސީއަކުން ކުރާ ހޭދަވެސް އެހެނިހެން މަސްތަކަށްވުރެ އިތުރުވާ މަހެކެެވެ. ޚާއްޞަކޮށް ކާބޯތަކެއްޗަށް ކުރާ ހޭދަ އެހެނިހެން މައްސަރުތަކަށްވުރެ އިތުރުވެއެވެ. މި ޙަޤީޤަތް ދެނެވަޑައިގެން، ރައްޔިތުންގެ ޓެކުސް ފައިސާއިން ދައުލަތަށް ލިބޭ އާމްދަނީން ރައްޔިތުންނަށް ފަސޭހަވާނެ ގޮތެއް، ލުއިކަމެއް ހޯދައިދެއްވަން ނިންމެވި ފުރަތަމަ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް އެސްޓީއޯ މެދުވެރިކުރައްވައި ދިހަ ކިލޯ ހަނޑުލާއި ދިހަ ކިލޯ ފުށް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަ އަހަރު ދައުލަތުގެ މަސް ކުންފުނި މިފްކޯ މެދުވެރިކޮށް ކޮންމެ ގޭބީސީއަކަށް ހިލޭ މަސްދަޅު ކޭހެެއް ފޯރުކޮށްދެއްވަން ރައީސް ނިންމެވި އެވެ.
ވެރިކަމުގެ ފުރަތަމަ ރަމަޟާން މަހުގައި ކޮންމެ ގޭބީސީއަކަށް 10 ކިލޯ ބާސްމަތީ ހަނޑުލާއި، 10 ކިލޯ ފުށް ސަރުކާރުން ދެއްވިއެވެ. އަދި މިދިޔަ އަހަރު ވަނީ މަސްދަޅު ކޭހެއް ދެއްވާފަ އެވެ.