ENGLISH
19 ނޮވެމްބަރު 2025
ފޮއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ
12 ނޮވެމްބަރު 2025
|
ފޮއްދޫ ބަނދަރު ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ފޮއްދޫ ބަނދަރުގައި މިހާރު ކުރިއަށް ދަނީ ހާބަރ ބޭސިން ހިއްކުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ 43 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރަޢީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ގާތްގަނޑަކަށް 504 މީހުންގެ އާބާދީއެއް އޮންނަ ފޮއްދޫ ރައްޔިތުން ޢާއްމުކޮށް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެ ރަށަކީ، ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެގޮތުން، އެ ރަށުގައި ފަސް ގެސްޓްހައުސް މި ވަގުތު އަންނަނީ ހިންގަމުންނެވެ.
ނަމަވެސް، މީގެކުރީން ފޮއްދޫގައި ބަނދަރެއް ހަދާފައި ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ނޫން މީހުން ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ. އެކަމުގެ ދަތިތައް އެފަރާތްތަކުން ދަނީ މެދުނުކެނޑި ތަޙައްމަލު ކުރަމުންނެވެ.
އެހެންކަމުން، އަމަލީ މަސައްކަތް ނިމި ފޮއްދޫ ބަނދަރުގެ މަސައްކަތް ނިމުމާއެކު، ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރިންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަގު ގާތްގަނޑަކަށް 49.77 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.