ENGLISH
20 ނޮވެމްބަރު 2025
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސްގެ ދެކަނބަލުން ފޮނުއްވައިފި
11 ނޮވެމްބަރު 2025
|
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިއަދު ފޮނުއްވައިފި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ، ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ހާސިލުކޮށްދެއްވުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ވަޑައިގަންނަވާނީ، މާތް ﷲގެ ޙަޟްރަތުން ވާގި އެދި ތިބެ، އިޚްލާޞްތެރިކަމާއެކުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެ މެސެޖުގައި އެމަނިކުފާނު ވަނީ، ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު އަދާކުރައްވައި، ދިވެހި ރައްޔިތުން ފަޚުރުވެރިވާނޭފަދަ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް އިރާދަކުރެއްވިއްޔާ ހޯއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ، އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުން ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާ ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް، ނުހަނު އިޚްލާޞްތެރިކަމާއެކު، ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވައިފަ އެވެ. އަދި އެކުވެރި، އެއްބައިވަންތަ، ބާއްޖަވެރި މުޖްތަމަޢެއް މި ލޮބުވެތި ވަޠަންގައި އަބަދުމެ ދެމިއޮތުމަށް އެދި އެކަމަނާ ވަނީ ހެޔޮ ދުޢާ ކުރައްވައިފަ އެވެ.
ދިވެހި ރާއްޖޭގެ ވެރިކަން، ރަސްކަމަކުން ޖުމްހޫރިއްޔަތަށް ބަދަލުވެފައިވަނީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ގައެވެ.