ENGLISH

14 ނޮވެމްބަރު 2025

Advertisement

ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ބީއެމްއެލްއިން ކުރާ މަސައްކަތް، މާސްޓަރކާޑުން އަގުވަޒަންކޮށްފި

11 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

މާސްޓަރކާޑުން ބޭންކް އޮފް މޯލްޑިވްސްއަށް ހިދުމަތުގެ ހަދާނީފިލާ ހަވާލުކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން، ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕްގެ ދަށުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި އީޖާދީ ބަދަލެއް ގެނައުމަށް ކުރާ މަސައްކަތް މާސްޓަރކާޑުން ފާހަގަކޮށް، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.

ސިންގަޕޫރުގައި ބޭއްވި 'ޑިޖިޓަލް ފައިނޭންސް ލީޑަރޝިޕް' އިވެންޓެއްގައި މި ހަނދާނީ ފިލާ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ މާސްޓަރކާޑްގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރ، ސަންދުން ހަޕުގޮޑާއެވެ.

'ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕް' އަކީ، ދިވެހިރާއްޖޭގައި ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް 2025 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މާސްޓަރކާޑު އަދި ބޭންކް އޮފް މޯލްޑިވްސްއާއެކު ވެފައިވާ އެއްބަސްވުމެކެވެ. 

މި ޕާޓްނަރޝިޕްގެ ދަށުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޒަމާނީކުރުމަށާއި، ރައްކާތެރި، އަދި ހަލުވި ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމަޢުތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ބީއެމްއެލްއާއި މާސްޓަރކާޑް ގުޅިގެން ެއަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސް މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރަކަށްވީ 2002 ވަނަ އަހަރުއެވެ. މެމްބަރަކަށްވުމަށްފަހު މާސްޓަރކާޑާއި ގުޅިގެން ބޭންކުން އަންނަނީ ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށާއި،މާލީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، އީޖާދީ 'ސްމާޓް ސިޓީ' ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.

މާސްޓަރކާޑްގެ މި އެވޯޑް  ބޭންކަށް ލިބުމަކީ، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތައް ބިނާކޮށް، ޓެކްނޮލޮޖީއާއި އެއްބާރުލުމުގެ ބޭނުންކޮށްގެން އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދައި ރާއްޖޭގެ އިޤްތިޞާދާއި ޓެކްނޮލޮޖީ ކުރިއަރުވަން ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެކެވެ.   

ކިޔުންތެރިންގެ ހިޔާލު