ENGLISH

14 ނޮވެމްބަރު 2025

Advertisement

ކުނބުރުދޫގެ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދަނީ

11 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ކުނބުރުދޫ ޕޮލިސް ޕޯސްޓްގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އާރުޑީސީ

އދ. ކުނބުރުދޫގައި ޕޮލިސް ޕޯސްޓް ބިނާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން ބުނީ މިހާރު ކުރިއަށް ދަނީ އިމާރާތުގެ ތަބުތައް ޖެހުމުގެ މަސައްކަތް ކަމަށެވެ.

ކުނބުރުދޫގައި ފުލުހުންގެ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ އދ. އަތޮޅަށް މި މަހު  ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. 

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ.  މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ސަރުކާރުން އަންނަނީ ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް އަމަންއަމާންކަމާއި ، ސުލްޙަ މަސަލަސްކަން ކަށަވަރުވެފައިވާ ރަށަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު