ENGLISH

14 ނޮވެމްބަރު 2025

Advertisement

ދަނގެތި ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

11 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ދަނގެތި ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

އދ.ދަނގެތި ޞިއްޙީ މަރުކަޒުގައި އިތުރުކުރެވޭ އާ އިމާރަތުގެ މަސައްކަތް އެމްޓީސީސީއާ ހަވަލުކޮށްފިއެވެ. 

ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަސްތެރޭ ނިންމާ ގޮތަށްް 34.96 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން 5،000 އަކަފޫޓްގެ ސަރަޙައްދެއްގައި 3 ބުރީގެ އިމާރާތެއް އެޅުން ހިމެނެއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ، މި ޢިމާރާތުގައި އެކްސްރޭގެ ޚިދުމަތާއި، ރަނގަޅު ފެންވަރެއްގެ އީ.އާރެއްގެ އިތުރުން އޯޕީޑީ ރޫމްތަކާއި، 04 ވޯޑް ހިމެނޭނެ ކަމަށެވެ. ހަމަމިއާއެކު، ލެބޯޓްރީއަކާއި، ޕްރައިވެޓް ރޫމްތައްވެސް މި އިމާރާތުގައި ހިމެނޭނެ ކަަމަށް ސިއްހީ ވުޒާރާއިން ވިދާޅުވިއެވެ.

ދަނގެތި ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޞިއްޙީ ޚިދުމަތް ރަށުގައި ރަގަނޅު ފެންވަރަކަށް ލިބިގެން ދިއުމެވެ. އެހެންކަމުން، އަލަށް އިމާރާތް ކުރެވޭ އިމާރާތް ނިމުމާއެކު، އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބިގެން ހޯދޭ ޞިއްޙީ ފަރުވާގެ ހިދުމަތްތައް ފުޅާވެގެންދާނެއެވެ.

ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގެ ޞިއްޙީ ނިޒާމެއް ފޯރުކޮށްދިނުގެ ގޮތުން، ސަރުކާރުން އަންނަނީ  ރަށްރަށުގައި އުމްރާނީ ގޮތުންނާ ވަޞީލަތްތަކުގެ ގޮތުން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު