ENGLISH

14 ނޮވެމްބަރު 2025

Advertisement

ވިޔަަފާރިވެރިޔާ ދަމާސް ޞާލިޙަށް ނިޝާން މުލީގޭ ޢިއްޒަތް އަރުވައިފި

11 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު ޞާލިޙަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަރުވަނީ، ފޮޓޯ: ރައީސް އޮފީސް

މަޝްހޫރު ވިޔަފާރިވެރިޔާ މުޙަައްމަދު ޞާލިޙަށް ނިޝާން މުލީގޭ ޢިއްޒަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ. 

މުޙައްމަދު ޞާލިޙަކީ ދަމާސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާއަކީ ވިޔަފާރީގެ ތަފާތު އެކި ދާއިރާތަކުން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ކާގޯ ކްލިއަރިން މަސައްކަަތްކުރެއްވުމަށްފަހު، ކޮންސްޓްރަކްޝަން މަސައްކަތުން ފެއްޓެވި ވިޔަފާރިން ލިބިވަޑައިގެންނެވި މަންފާއިން ބައެއް ރަހުމަތްތެރިންނާއެކު އަލްޓާފް އެންޓަޕްރައިސަސްގެ ނަމުގައި ކުންފުންޏެއް އުފައްދަވައި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަދެވަޑައިގަތެވެ. 

އޭގެ އިތުރަށް ޞާލިޙުގެ ވިޔަފާރި ބައިވެރިއެއް ކަމުގައިވާ އިބްރާހީމް މުޙައްމަދު ދީދީއާއެކު ދިމްސް ކުންފުނި އުފައްދަވައި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިއަށް ވަދެވަޑައިގެން، ރާއްޖެއިން ބޭރުން މުދާ އެތެރެކުރައްވައި ވިއްކެވުމުގެ ވިޔަފާރި ފުޅާދާއިރާއެއްގަައި ކުރެއްވިއެވެ. ދިމްސް ކުންފުނިން ފަހުން ފަތުރުވެރިކަމުގެ ވިޔަފާރިވެސް ކުރަން ފެށިއެވެ. 

2000 ވަނަ އަހަރުގައި ދެ ބޭފުޅުން ވަކިން ވިޔަފާރި ކުރައްވަން ފައްޓަވައި ދަމާސް ކުންފުނި ޞާލިޙު އުފެއްދެވިއެވެ. މިހާރު އޭނާ ހުންނެވީ އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައެވެ. އެ ކުންފުނިން ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރެއެވެ. އޭގެ އިތުރަށް ކޮންސްޓްރަކްޝަން ވިޔަފާރިއާއި ރިއަލް އެސްޓޭޓު ވިޔަަފާރީގައިވެސް ދަމާސްގެ ދައުރު ބޮޑެވެ. 

އަދި އައްޑޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ ގޮތުން ހެރެތެރެ ރިސޯޓު ގާއިމުކުރެއްވުމުގައި މުހިއްމު މަސައްކަތެއް ކުރެއްވި ޞާލިޙުވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. ހަތަރު ރިސޯޓުގެ އިތުރަށް މާލޭގައި ތިން ސިޓީ ހޮޓާ އޭނާ ގެންދަވަނީ ހިންގަވަމުންނެވެ. 

އާގު ބޯޓުފަހަރު ދުއްވުމާއި، ފޯކަސްއިންފޯކޮމްްއާ ގުޅިވަޑައިގެން ރާއްޖޭގައި އިންޓަނެޓު ވިޔަފާރި ފުޅާކުރެއްވުން ފަދަ ގިނަ ވިޔަފާރި ހިދުމަތްތަކެއް ސޯލިހު ތައާރަފުކުރެއްވިއެވެ. އަދި ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ ކުރިއެރުމަށް ގިނަ ހިދުމަތްތައް ކުރެއްވިއެވެ. 

ހަމައެހެންމެ ސޯލިހު ގެންދަވަނީ ސިއްހީ ދާއިރާއަށްވެސް ހިދުމަތްކޮށްދެއްވަމުންނެވެ. އެގޮތުން މެޑިކާގެ ނަމުގައި ހޮސްޕިޓަލެއް ގާއިމުކުރައްވައި ހިންގަވަމުންގެންދަވައެވެ. އޭގެ އިތުރަށް ޞާލިޙުވަނީ އިޖުތިމާޢީ އެކި ދާއިރާތަކުން ގިނަގުނަ ހިދުމަތްކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު