ENGLISH
03 ފެބްރުއަރީ 2026
ގެއެއްގެ ހަވަނަ ފަންގިފިލާއިން ސިޑިގޮޅިއަށް ވެއްޓުނު މީހަކު މަރުވެއްޖެ
04 ނޮވެމްބަރު 2025
|
މާލެ ސިޓީ --
އެންމެ މަޤްބޫލު
ގެއެއްގެ ހަވަނަ ބުރީން ސިޑިގޮޅިއަށް ވެއްޓުނު މީހަކު މަރުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާފަންނު ގެއެއްގެ ހަވަނަ ފަންގިފިލާއިން އެ ގޭގެ ސިޑިގޮޅީއަށް މީހަކު ވެއްޓިގެން މިރޭ އިރޮއޮއްސި 6:29 ހާއިރު ރިޕޯޓެއް ލިބިފައިވާ ކަަމަށެވެ.
އެއީ ބަންގްލަދޭޝްގެ ރައްޔިތަކެވެ. އުމުރުން 47 އަހަރުގެ އެ މީހާ ވެއްޓުމާއި ގުޅިގެން ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް އޭރު އެ މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.