ENGLISH
04 ނޮވެމްބަރު 2025
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓާއި ލައިބްރަރީ ގޮތްޕަކާއި ފުލުހުންގެ އެކޮމޮޑޭޝަނެއް
04 ނޮވެމްބަރު 2025
|
ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓާއި ލައިބްރަރީ ގޮތްޕަކާއި ފުލުހުންގެ އެކޮމޮޑޭޝަނެއް ޤާއިމުކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް ޤާއިމުކުުރުމުގެ އަމަލީ މަަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބް އެވެ.
ފުލުހުންގެ އެކޮމޮޑޭޝަންއެއް ޤާއިމުކުރުމުގެ އަމަލީ މަަސައްކަތް ފައްޓަވައި ދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސަޢުދީ އާއި ފުވައްމުލަކު ސިޓީގެ ތިން ދާއިރާގެ މަޖިލީސް މެންބަރުންނެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
މީގެ އިތުރުން ފުވައްމުލަކު ސިޓީގައި ނެޝަނަލް ލައިބްރަރީގެ ގޮތްޕެެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އެ މަސައްކަތް ފައްޓަވައި ދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސަޢުދީ އެވެ.
މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ތަރައްޤީކުރި މާދަނޑު އަވަށުގެ ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައި ދެއްވާފަ އެވެ.