ENGLISH
20 މާރިޗު 2026
ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
04 ނޮވެމްބަރު 2025
|
ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށުން
އެންމެ މަޤްބޫލު
ފުވައްމުލަކު ސިޓީގައި ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އިބްރާހިމް ޝަރީފްއާއި ސީއީއޯ އަދި އެ ސިޓީގެ ތިން ދާއިރާގެ މަޖިލީސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ބެންކުގެ ޚިދުމަތް ފުޅާކޮށް ވީހާވެސް ފަސޭހައިން އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ވަނީ ބެންކު އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށާފަ އެވެ.
އަދި ގިނަ ރަށްތަކެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.