ENGLISH
20 މާރިޗު 2026
ފުވައްމުލަކު ސުކޫލަށް ފަސް ފަންގިފިލާގެ އައު އިމާރާތެއް އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް
04 ނޮވެމްބަރު 2025
|
އެންމެ މަޤްބޫލު
ފުވައްމުލަކު ސިޓީގައި ހުންނަ ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ފަސް ފަންގިފިލާގެ އައު އިމާރާތުގެ މަސައްކަތާއި އެ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި ދެ މަސައްކަތް ފެށުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ފަސް ފަންގިފިލާގެ އައު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީސްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ފުވައްމުލަކު ސިޓީގެ ތިން ދާއިރާގެ މަޖިލީސް މެންބަރުންނެވެ.
މީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. މި މަސައްކަތް ވެސް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީސްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް އާއި ފުވައްމުލަކު ސިޓީގެ ތިން ދާއިރާގެ މަޖިލީސް މެންބަރުންނެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ އެވެ.