ENGLISH

04 ނޮވެމްބަރު 2025

Advertisement

ފުވައްމުލަކު ސިޓީން ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުޙަބާއެއް

04 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން އެ ރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ.

ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރާވަޑައިގެންނެވީ މިއަދު ހަވީރު އެވެ. ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގެންނެވީ އަށް އަވަށުގެ މައްޗަށް އެކުލެވޭ ފުވައްމުލަކު ސިޓީއަށެވެ.

އެ ސިޓީއަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށް އިސްތިޤުބާލު ކުރެއްވުމަށް އެއަޕޯޓް ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހުރިހާ ރައްޔިތުންނާއި ސަލާމް ކުރައްވާފަ އެވެ. ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމުން އެ ވާހަކަތައް ވެސް އެއްސެވި އެވެ. އަދި ބައެއް އާންމުންނާއެކު ފޮޓޯ ނަންގަވާފައިވެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ސިޓީގައި ބައެއް މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވާނެ އެވެ. އަދި މުހިންމު ބައެއް މަޝްރޫޢުތައް ފައްޓަވައިދެއްވާނެ އެވެ.

މީގެ އިތުރުން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ފުވައްމުލަކު ސިޓީއަށް ޚާއްސަ ބައެއް މަޝްރޫޢުތައް އިޢުލާނު ކޮށްދެއްވާނެ އެވެ.

އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު