ENGLISH

03 ފެބްރުއަރީ 2026

Advertisement

ފޮއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ

04 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ފޮއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

ނ. ފޮއްދޫގައި ގާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ތަނބުތައް ޖެހުމަށްޓަކައި ސްޓްރަކްޗާ ފްރޭމް ކުރުމުގެ މަސައްކަތާ އަދި ފްރޭމްތައް ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށެވެ.

ފޮއްދޫ އެފްއާރްސީ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ޖުލައި މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފޮއްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފޮއްދޫ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަރިހުގައި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީ އާއި ކައުންސިލްގެ ރައީސް މުޙައްމަދު މޫސާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅުގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު