ENGLISH
04 ނޮވެމްބަރު 2025
ޒުވާނުން ބާރުވެރިކުރުމަށް އެމްޕީއެލްއާއި ޒުވާނުންގެ ވުޒާރާއާ ދެމެދުވެފައިވާ ފަހުމުނާމާ އައުކޮށްފި
04 ނޮވެމްބަރު 2025
|
ޒުވާނުން ބާރުވެރި ކުރަން އެމްޕީއެލް އާއި ޒުވާނުންގެ ވުޒާރާއާ ދެމެދު ވެފައިވާ ފަހުމުނާމާ އިތުރު ތިން އަހަރަށް އައުކުރުން -- ފޮޓޯ: އެމްޕީއެލް
ޒުވާނުން ބާރުވެރިކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާ ދެމެދު ވެފައިވާ ފަހުމުނާމާ އިތުރު ތިން އަހަރަށް މިއަދު އައުކޮށްފި އެވެ.
މި ޕްރޮގްރާމްއަކީ ޒުވާނުން ބާރުވެރިކޮށް، ތަމްރީނު ފޯރުކޮށްދިމުނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ފަހުމުނާމާ، އާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމްޕީއެލްގެ ހެޑް އޮފީހުގަ އެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ އަލީ ޝައްމާނެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއި ކުއްރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސާ އައިޝަތު ޝިމްލާ އެވެ.
މި ފަހުމުނާމާގެ ދަށުން އެމްޕީއެލްއިން ކަނޑައަޅާފައިވާ ދާއިރާތަކުގައި ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެ އެވެ. އަދި މި ޕްރޮގްރާމްގެ ދަށުން، ޕްރޮގްރާމްތައް ޒުވާނުންގެ މެދުގައި ޕްރޮމޯޓްކޮށް، ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުކޮށް، އެމްޕީއެލްއިން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު މޮނީޓާ ކުރުންވެސް ހިމެނެއެވެ.
މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއާއި ޒުވާނުންގެ ވުޒާރާއާާ ގުޅިގެން މީގެ ކުރިން ވަނީ 11 ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގާފައެވެ.
މި ފަހުމުނާމާގެ މައިގަނޑު މަގްސަދަކީ، ޒުވާނުންނަށް ގައުމީ ފެންވަރުގެ ތަމްރީނު އާއި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމެވެ.