ENGLISH

03 ފެބްރުއަރީ 2026

Advertisement

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމަށް ޖުމްހޫރީ މައިދާން ސަރަޙައްދުގެ ބައެއް މަގުތައް ބަންދުކޮށްފި

04 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކުރަން ތާރު އެޅުމުގެ މަސައްކަތް ފަށާތީ، ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް މަގުތައް ޓްރެފިކަށް ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާއްމުކޮށްފައިވާ ޗާޓުން ފާހަގަކުރެވިފައިވާ ގޮތުން މާރުކޭޓު ސަރަޙައްދުން ފެށިގެން ރައީސް އޮފީސް ކައިރީ އޮންނަ ޕާކިން ޒޯނާ ހަމައަށް ވެހިކަލްތަކަށް ވަނުން މަނާވާނެއެވެ. އަދި އެ ސަރަޙައްދުގެ ބައެއް މަގުތަކުގައި ޕާކް ކުރުންވެސް މަނާ ވާނެއެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. 

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން 830 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 737 މީޓަރު ސަރަހައްދުގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއުގެ ދަށުން ތާރުއަޅައި ސަބްބޭސް ތައްޔާރުކޮށް ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ. މުޅި މަގު ތަރައްގީކުރާނީ ހަތަރު ލޭން ހިމެނޭ ގޮތަށެވެ. 

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ތަރައްގީކުރެވުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ޓްރެފިކް ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރުކުރާ އުޅަނދުތަކަށާއި އާއްމުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެއެވެ. އެހެންނަމަވެސް މަގު ތަރައްގީކުރުމާއެކު، އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެއެވެ. 

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު