ENGLISH

03 ފެބްރުއަރީ 2026

Advertisement

ލަންކާއިން އަތުލައިގަތް ބޯޓަށް ޑްރަގު ބަރާކުރީ ރާއްޖޭގެ ސަރަހައްދަކުން ނޫން: ފުލުހުން

04 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ލަންކާ ފުލުހުން އަތުލައިގަތް ބޯޓުގައި ހުރި މަސްތުވާތަކެތި، ފޮޓޯ: ލަންކާ މީޑިޔާ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލަންކާ ސަރަހައްދުން އެ ގައުމުގެ ފުލުހުން އަތުލައިގަތްް މަސް ބޯޓަށް ޑްރަގު ބަރާކުރީ ރާއްޖޭގެ ސަރަހައްދުންކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް އެއީ ސައްހަ ވާހަކައެއް ނޫންކަމަަށް ދިވެހި ފުލުހުން ބުނެފިއެވެ. 

ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި "ސީދޭވީ"ގެ ނަމުން ނަން ދީފައިވާ މަސް ބޯޓަށް މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ސަރަހައްދުންނެވެ. ނަމަވެސް ދިވެހި ފުލުހުންގެ ހިދޔމަތުން ބުނެފައިވަނީ އެ ބޯޓަށް ޑްރަގު އެރުވީ ރާއްޖޭގެ ސަަރަހައްދުން ނޫންކަން ލަންކާގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. 

"ސްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރު ކޮށްދީފައި،" ފުލުހުންގެ މީޑިޔާ އޮފިޝަލް ބުންޏެވެ. 

ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިޔާތަކުން ރިޕޯޓުކުރީ އެ ބޯޓަށް ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރާކުރި ކަމުގެ މައުލޫމާތު ތަހުގީގަށް ލިބުނީ ގޯލް ސިޓީއިން އެ އުޅަނދުގެ ވެރި މީހާ ހައްޔަރުކޮށް ސުވާލުކުރުމުން އޭނާ ދިން މައުލޫމާތުތަކުންނެވެ. 

ލަންކާގެ މީޑިޔާއިން ރިޕޯޓުކުރި ގޮތުގައި އެ ބޯޓު އަތުލައިގަތްއިރު، އޭގައި 250 ކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތާއި، 85 ކިލޯގެ ހެރޮޮއިން ހުއްޓެވެ. އެތަކެތީގެ އަގު ފަސް ބިލއިަން ރުޕީސްއަށް އަރާނެއެވެ. 

އުޅަނދުގެ ވެރިމީހާ ހިމެނޭ ގޮތަށް މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ލަންކާ ފުލުހުން ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ މީޑިޔާއިން ރިޕޯޓުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު