ENGLISH

04 ނޮވެމްބަރު 2025

Advertisement

ގެސްޓްހައުސް މެނޭޖްމެންޓް ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ބާއްވާއިފި

04 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި 13 ބައިވެރިންވަނީ ކޯސް ފުރިހަމަކޮށްފައެވެ. 

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޖަވާޒްއެވެ.

ކޮމިއުނިޓީ އަޕްސިކިލިންގް ޕްރޮގްރާމްއަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، މަސައްކަތުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ލިބިފައިވާ ބަޔަކަށް ޒުވާނުން ހެދުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަޤްޞަދުތަކުގެ ތެރޭގައި ކޮންމެ ޒުވާނަކީވެސް ހުނަރުވެރި މަސައްކަތެއް ކުރަން ދަންނަ ޒުވާނަކަށް ހެދުމާއި، ތަފާތު މަރުހަލާތަކުގައި އެކި ސަބަބުތަކާހުރެ ސްކޫލް ނުނިންމާ ވަކިވެފައި ތިބި ޒުވާނުންނަށް ހުނަރެއް ދަސްކޮށްދިނުމާއި، އަދި ޒުވާނުންނަށް ވަޒީފާގެ އިތުރު ދޮރެއް ހުޅުވައިދީ އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.

މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ އިސްނެގުމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު