ENGLISH

04 ނޮވެމްބަރު 2025

Advertisement

ރާއްޖެ ސަރަހައްދުން 335 ކިލޯ މަސްތުވާތަކެތި ބަރުކޮށްގެން ލަންކާއަށް ދިޔަ ބޯޓެއް އަތުލައިގެންފި

04 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ސްރީދޭވީ ބޯޓާއި އެ ބޯޓުން އަތުލައިގެން މަސްތުވާ ތަކެތި

ރާއްޖެ ސަރަޙައްދުން 335 ކިލޯ މަސްތުވާތަކެތި ބަރުކޮށްގެން ލަންކާއަށް ދިޔަ ބޯޓެއް އަތުލައިގެންފިއެވެ.

ލަންކާގެ ނޭވީއިން ހިންގި ޚާއްސަ އޮޕަރޭޝަން އެއްގައި އަތުލައިގެންފައިވަނީ ސްރީދޭވީ ނަމަކަށް ކިޔާ ބޯޓެކެވެ. ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ލަންކާގެ ނޭވީއިން މިދިޔަ އާދިއްތަ ދުވަހު ފަތިހު 5:30 ގައި ހިންގި އޮޕަރޭޝަނެއްގައި މި ބޯޓު އަތުލައިގެންފައިވަނީ 6:00 ހާއިރު ލަންކާ ކައިރިންނެވެ.

މިބޯޓު މިހާރު އޮތީ ލަންކާ ނޭވީގެ ބެލުމުގެ ދަށުގައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ބޯޓުން 335 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ބޯޓުން ނެގި މަސްތުވާތަކެތީގެ ތެރޭގައި ކްރިސްޓަލް މެތާއި ހެރޮއިން ހިމެނެއެވެ.

ފުލުހުންނާއި ހަވާލާދީ ލަންކާ މީޑިއާގެ ރިޕޯޓްތައް ބުނާގޮތުން ، ހައްޔަރު ކުރި މީހުން މި މަހުގެ އަށްވަނަ ދުވަހާއި ހަމައަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އަދި ހަމަ އެއާއެކު، ލަންކާ ފުލުހުން ބުނެފައިވަނީ ސްރީދޭވީ ނަމަކަށް ކިޔާ ބޯޓަށް މަސްތުވާތަކެތި ބަރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު