ENGLISH
04 ނޮވެމްބަރު 2025
ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެރުވުމުން ރައީސް މައުމޫންގެ ޝުކުރު ރައީސް މުޢިއްޒަށް
03 ނޮވެމްބަރު 2025
|
ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ރައީސް މައުމޫނަށް އެރުވުން --
ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ދެއްވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު މުޢިއްޒަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވައިފި އެވެ.
ރައީސް މައުމޫން, ރައީސް މުޢިއްޒަށް ޝުކުރު އަދާކުރެެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަަ އެވެ. އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ދެއްވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު މުޢިއްޒަށް ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ ނަޒަރުގައި މިފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން," ރައީސް މައުމޫން ވިދާޅުވި އެވެ.
ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެރުވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. މި ޖަލްސާގައި އެމަނިކުފާނަށް އެ އައްޑަނަ ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު މުޢިއްޒު އެވެ.
މިއީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން އެރުއްވި އައްޑަނަ އެކެވެ.