ENGLISH

03 ފެބްރުއަރީ 2026

Advertisement

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ހާލު ދެރަވި ދިވެހި ޒުވާނާ ނިޔާވެއްޖެ

03 ނޮވެމްބަރު 2025

|

ހަސަން އާމިރު

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އަލީ އަފްލާހު އަބްދުﷲ. --ފޮޓޯ: މިހާރު

އެމްޕީއެލް ބަނދަރު ސަރަޙައްދު ބޭރުގައި ކޮޅުވެއްޓިއެއް އިއްޔެ ބަންޑުން ޖަހާލި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުން އައި ދިވެހި ޒުވާނާ ރޭ ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވީ އެމްޕީއެލްގައި މަސައްކަތްކުރާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުﷲ ކަމަށެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ މީހަކު ވެސް ވަނީ ނިޔާވެފަ އެވެ. އެއީ ވެސް އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި 14 މީހަކު ތިބި ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެ މީހުންނަށް މިހާރު ވެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ދެ ބިދޭސީންނާއި ހަތަރު ދިވެހީންނެވެ. 

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އިއްޔެ ހިތާމަވެރި ހާދިސާއެއް ހިނގިއިރު، މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ވެސް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ތިން މީހަކު ވަނީ ނިޔާފައެވެ. އެ ހާދިސާގައި ނިޔާވީ ދިވެއްސެއްގެ އިތުރުން އިންޑިއާ އަދި ސްރީ ލަންކާގެ ރައްޔިތެކެވެ. 

ކިޔުންތެރިންގެ ހިޔާލު