ENGLISH

03 ފެބްރުއަރީ 2026

Advertisement

ނޮވެންބަރު 3 ގައި ސާބިތުކޮށްދިނީ ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ގައުމުގައި އަބަދުމެ ތިބޭނެކަން: ރައީސް

03 ނޮވެމްބަރު 2025

|

ހަސަން އާމިރު

ނޮވެންބަރު 3 ގައި މި ޤައުމު ދިފާޢުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 3، 1988 ގައި ދިވެހި ޚާއިނުންތަކަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކުން ގުޅިގެން ރާއްޖެ އަށް ދިން ޢުދުވާނީ ހަމަލާއިން ނަސްރު ލިބުނު ދުވަހުގެ މުނާސަބަތުގައި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ވިދާޅުވެ މީސްމީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީ، މުރާލިކަމާއެކު ޚިދުމަތް ކުރާނޭ އިޚްލާޞްތެރީން ކަމަށެވެ.

ރައީސްގެ މެސެޖް ނިންމަވާލައްވާފައި ވަނީ މިފަދަ އަގުހުރި ދަރީން މި ޤައުމުގައި ގިނަކޮށްދެއްވުން އެދި ހެޔޮ ދުޢާކުރަމުން، ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ތަކުރާރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު