ENGLISH
03 ފެބްރުއަރީ 2026
އިބަމައާ ގުޅޭ މަޢުލޫމާތު އާސަންދަ ކުންފުނީގެ އިސްވެރިންނަށް ހިއްސާކޮށްފި
02 ނޮވެމްބަރު 2025
|
އެންމެ މަޤްބޫލު
އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާސަންދަ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގައި ހިމެނިވަޑައިގަންނަވާ މުވައްޒަފުންނަށް މަޢުލޫމާތު ދީފިއެވެ.
އިބަމައިގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކުގެ އިސް މުވައްޒަފުންނަށް މައުލޫމާތު ދިނުމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސިލްސިލާކޮށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި އިބަމަ އަކީ ކޮބައިކަމާއި، އިބަމައިން ކުރަމުން ގެންދާ މަސައްކަތްތަކާއި، ރާއްޖޭގެ ރަށްރަށުގައި އިބަމަ ގާއިމްކުރުމަށްޓަކައި ޔުނިސެފް އާއި ހިއްސާދާރު އެހެން މުއައްސަސާތައް ގުޅިގެން މިހާތަނަށްކޮށްފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެއެވެ. އަދި ކުރިއަށް ރާވާފައި ހުރި ކަންކަމާއި އިބަމައިގެ ސަބަބުން މިހާތަނަށް ހާސިލްކުރެވިފައިވާ ކާމިޔާބު ބައެއް ނަތީޖާތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުން ހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.