ENGLISH
03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ؛ 14 މީހަކު ތިބި، އެކެއްގެ ޙާލު ދެރަ
02 ނޮވެމްބަރު 2025
|
ކޮޅުވެއްޓި ބަަންޑުން ޖަހާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާ ހިނގި ހާދިސާގައި އެކަކަށް ވަރަށް އަނިޔާވެ ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެމްޕީއެލްއާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަނޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު 3:44 ހާއިރު ލިބިފައިވާ ކަމަށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި 14 މީހަކު ތިއްބެވެ. އެންމެންވެސް ވަނީ ފެނިފަ އެވެ. މި ހާދިސާގައި ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ ދެ ބިދޭސީންނާއި ހަތަރު ދިވެހީންނެވެ. ހާލު ދެރައީ ބިދޭސީއެއްގެ އެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.