ENGLISH

03 ނޮވެމްބަރު 2025

Advertisement

ނަޞްރުގެ ދުވަހާ ގުޅިގެން ޓްރެފިކަށް އަންނަ ބަދަލުތައް ފުލުހުން އާއްމުކޮށްފި

02 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

މިދިޔަ އަހަރު ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މާދަމާ ފާހަގަކުރާ ނަޞްރުގެ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން، ޖުމްހޫރީ މައިދާން ސަރަޙައްދު ވަކި ވަގުތަކަށް ބަންދުކުރަން ނިންމައި ސޯޝަލް ސެންޓަރުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ. 

ޓްރެފިކް ފްލޯއަށް އަންނަ ބަދަލުތައް ދައްކުވައިދޭ ޗާޓެއް ފުލުހުން މިއަދު ވަނީ ސޯޝަލް މިޑިއާގައި ހިއްސާކޮށްފައެވެ.

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ، މާދަމާ ހެނދުނު 9:00 ޖަހާއިރު، ސޯޝަލް ސެންޓަރުގައެވެ. ޖަލްސާ އޮންނަ ވަގުތުގައި ސޯޝަލް ސެންޓަރު ވަށައިގެންވާ މަގުތައް ބަންދުވާނެކަމަށް ފުލުހުން ބުނެފައިވެއެވެ. 

ޖުމްހޫރީ މައިދާނުގައި ބާއްވާ ސިފައިންގެ އަސްކަރީ ހަރަކާތް އޮންނާނީ، މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި 16:15 އިން ފެށިގެންނެވެ. ހަރަކާތް ބަލަން އާއްމުންނަށް ވަދެވޭނީ 15:30 އިން ފެށިގެންނެވެ. 

ހަމަމިއާއެކު، ނަސްރުގެ ދުވަހުގެ މިލިޓަރީ ޑިސްޕްލޭ އިވެންޓާ ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ މަގުތަކާއި ފަޅުތެރެއިންވެސް ބައެއް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

ފުލުހުން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަނދު ފަހަރަށް، ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑްއޮފީހާ ހަމައަށް ބަންދުވާނެއެވެ. އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް ބަންދުވާނެއެވެ. ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް މަގު ބަންދުވާނެކަމަށް ޗާޓުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރަސްމީ ފާލަމުން ފެށިގެން ކަނޑުގެ 300 މީޓަރުގެ ސަރަހައްދެއް ވެސް ބަންދުކޮށްފައިވާ ކަމަށް އެ ޗާޓުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު