ENGLISH
03 ފެބްރުއަރީ 2026
ދެކުނު ކޮރެއާގައި މާސްޓާސްއަށް ކިޔެވުމަށް ފަސް ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފި
02 ނޮވެމްބަރު 2025
|
ކޮރެއާ ޔުނިވަރސިޓީ-- ފޮޓޯ: ކޮރެއާ ޓައިމްސް
އެންމެ މަޤްބޫލު
ދެކުނު ކޮރެއާގައި މާސްޓާސްއަށް ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް، ސްކޮލަރޝިޕްގެ ފަސް ފުރުޞަތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހުޅުވާލައިފި އެވެ.
މި ފަސް ފުރުޞަތަކީ ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) އިން 2026 ވަނަ އަހަރަށް އަމާޒުކޮށް ހުޅުވާލާފައިވާ މާސްޓަރސް ސްކޮލަޝިޕްތަކެކެވެ.
މި ފުރުޞަތުތައް ހުށަހަޅާ ޔުނިވަރސިޓީތައް:
މި ސްކޮލަޝިޕްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ހުށަހަޅާ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ. އަދި 2026 ވަނަ އަހަރުގެ އޭޕްރިލް 1 އަށް 35 އަހަރު ފުރިފައި ނުވާ ފަރާތަކަށް ވެސް ވާންޖެހެ އެވެ. މީގެ އިތުރުން އިނގިރޭސި ބަހުގެ ފެންވަރު އަންގައިދޭ ލިޔުމެއްވެސް ހުށަހަޅަންޖެހެ އެވެ.
ކޯހާ ގުޅޭ ޝަރުތުތަކުގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް ލޯނެއް ނަގާފައިވާނަމަ، އެލޯނަށް ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތެއް ކަމުގައި ވާންޖެހެ އެވެ. އަދި ހަމަމިއާއެކު، ހުށަހަޅާ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާންޖެހޭނެ އެވެ.
އެޕްލިކޭޝަން ފޯމްއާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުންތައް ވެސް އިޢުލާންގައި ބަޔާންކޮށްފައިވެ އެވެ. އަދި ސްކޮލަރޝިޕްއާ ގުޅޭ އިތުރު މަޢުލޫމާތުތައް ވެބްސައިޓްގައި ހުންނާނެކަމަށް ވަނީ ބުނެފައެވެ.
މި ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށެވެ. މި ފުރުޞަތުތަކަށް އޮންލައިން އެޕްލިކޭޝަން ހުށަހަޅޭނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ. އަދި ލިޔެކިޔުންތަކުގެ އަސްލު ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ކޯހަށްއެދި އެޕްލިކޭޝަން ހުށަހަޅާނީ https://myedu.gov.mv ޕޯޓަލް މެދުވެރިކޮށެވެ.