ENGLISH

02 ނޮވެމްބަރު 2025

Advertisement

އެއަރ އިންޑިއާއިން އާ ޓާމިނަލްގައި ޚިދުމަތްދޭން ފަށައިފި

01 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

އެއަރ އިންޑިއާގެ ޚިދުމަތް އާ ޓާމިނަލްގައި ފެށުން. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި އިންޑިއާގެ ޤައުމީ އެއާލައިން، އެއަރ އިންޑިއާގެ ޚިދުމަތް ފަށައިފިއެވެ. 

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެކަކުން އެއަރ އިންޑިއާގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.

އެކަމަށްޓަކައި މިއަދު ޚާއްޞަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއެވެ. އަދި، އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު ޖައިންދަރް ސިންގް ރަނާ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެއަރ އިންޑިއާއިން އާ ޓާމިނަލުން މިއަދު ވަނީ 118 ފަސިންޖަރުން ފުރައިފައެވެ. އަދި، އެއަރ އިންޑިއާގެ ފްލައިޓުން އާ ޓާމިނަލަށް 132 ފަސިންޖަރުން މިއަދު ވަނީ ޒިޔާރަތްކޮށްފައެވެ. އެއަރ އިންޑިއާއިން މިއަދު ފުރި ފަސިންޖަރުންނަށް ހާއްސަ ހަދިޔާއެއް ދިންއިރު، ރާއްޖެ ޒިޔާރަތްކުރި ފަސިންޖަރުންނަށް ވަނީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ. މަރުޙަބާ ކިޔުމަށް ސަގާފީ ހަރަކާތްތައް ވެސް ކުރިއަށްގެންގޮސްފައިވެއެވެ. 

އެއަރ އިންޑިއާއެކު 18 އެއާލައިނަކުން މިހާރު ވަނީ އާ ޓާމިނަލްގައި ޚިދުމަތްދޭން ފަށައިފައެވެ. 

މިއަހަރު ހުޅުވި އެއާޕޯޓުގެ އާ ޓާމިނަލަކީ މިހާތަނަށް އެއާޕޯޓަށް ގެނައި އެންމެ ބޮޑު ތަރައްޤީއެވެ. އާ ޓާމިނަލާއެކު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރުވެ، ޚިދުމަތުގެ ފެންވަރު ވަނީ ރަނގަޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު