ENGLISH

02 ނޮވެމްބަރު 2025

Advertisement

ނޭޝަނަލް ޓޯޗް ރަން: ތާރީޚީ ދުވުމުގައި 8959 މީހުން ބައިވެރިވި

01 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ނޭޝަނަލް ޓޯޗް ރަން ހަރަކާތުގެ ތެރެއިން. ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށި ތާރީހީ ނިންމުމާ ގުޅިގެން ކުރިއަށްގެންދިޔަ ނޭޝަނަލް ޓޯޗް ރަންގައި 8959 މީހުން ބައިވެރިވެއްޖެއެވެ. 

ދުންފަތާ ދެކޮޅަށް ރާއްޖޭން ކުރަމުންގެންދާ މަސައްކަތުގައި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށީ ނޮވެމްބަރު އެއް ވަނަ ދުވަހުން ފެށިގެންނެވެ. ތާރީޚީ ނިންމުމާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އޭގެތެރެއިން އެންމެ ޚާއްޞަ އެއް ހަކަރާތަކީ މާފަންނު ސިންތެޓިކް ޓްރެކުގައި ކުރިއަށްގެންދިޔަ 24 ގަޑިއިރުގެ ދުވުމެވެ. 

ޞިއްޙަތާ ބެހޭ ވުޒާރާއާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން ދުވުން ކުރިއަށްގެންދިޔައީ ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހޮނިހިރު ދުވަހުގެ ހަވީރު ހަތަރަކަށެވެ. އެއް ދުވަހަށް ކުރިއަށްގެންދިޔަ ހަރަކާތުގައި 8959 މީހުން ބައިވެރިވެފައިވެއެވެ. 

ތާރީޚީ ދުވުމުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުޅިވަރު އެތުލީޓުންނާއި، ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުން ވަނީ ބައިވެރިވެފައެވެ. އިދާރާތަކުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިތުރުން ޑަބްލިއުއެޗްއޯގެ ބައިވެރިވުން ވެސް ހިމެނެއެވެ. 

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު މަޖިލީހުން ގެނައީ 2025 މެއި 13 ވަނަ ދުވަހެވެ. އެ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ 2025 މެއި 21 ވަނަ ދުވަހެވެ. 

ޤާނޫނަށް ގެނައި އެންމެ ބޮޑު ބަދަލަކީ 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ ހުރިހާ ބާވަތެއް މަނާވުމެވެ. ޤާނޫނު ތަންފީޒުކުރަން ފެށިއިރު ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަ އެ އުމުރަށް ފެތެއެވެ. 

ކިޔުންތެރިންގެ ހިޔާލު