ENGLISH

01 ނޮވެމްބަރު 2025

Advertisement

ދެން އޮތީ ފަހު ފުރުސަތު، "އިލްޒާމް"ގެ ވަދާއީ ތިން ޝޯގެ ޓިކެޓް ވިއްކަން ފަށައިފި

01 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ފިލްމުގެ މަންޒަރެއް

ޔޫއްޕެ ޕްރޮޑަކްޝަން އާއި ދެކެދެކެވެސް ޕްރޮޑަކްޝަންގެ "އިލްޒާމް" ގެ ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

އަހަރުގެ ބޮޑު އަދި އެންމެ ރީތި ފިލްމުގެ ގޮތުގައި ބެލުންތެރީން ބަލައިގަތް މި ފިލްމުގެ ވަދާއީ ތިން ޝޯގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ.

އެގޮތުން މި މަހުގެ 2،3،4 ވަނަ ދުވަހުގެ ރޭގެ ޝޯތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ. މި ފިލްމުގެ ހައުސްފުލް ގިނަ ޝޯތަކެއް އޮލިމްޕަހުގައި ދައްކާފައިވާއިރު ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ގިނަ ޝޯތަކެއް ދައްކަން ބެލުންތެރީން އެދެމުން ދިޔަ ނަމަވެސް "އިލްޒާމް" ދެއްކުމަށް އޮލިމްޕަސް ލިބިފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

“އަޅުގަނޑުމެން ވެސް ބޭނުންވޭ ވީހާވެސް ގިނަ ޝޯތަކެއް ދައްކަން ބެލުންތެރީން އެގޮތަށް އެދޭތީ. ނަމަވެސް އޮލިމްޕަސް ލިބިފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް. އެހެންވީމަ ވަދާއީ ޝޯގެ ޓިކެޓް އަވަހަށް ނަގަން އެދެނީ. އެހެން ނޫނީ ފުރުސަތު ނުލިބިދާނެ އޮލިމްޕަހުން މި ފިލްމު ބަލާލަން،” މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ.

ފިލްމް ދައްކަން ބޭނުންނަމަ އަވަހަށް ގުޅާ

"އިލްޒާމް" ގެ ފޯރިގަދަވެ ބައެއް ރަށްރަށުގައި ދެ ޝޯ ނުވަތަ ތިން ޝޯ ދަނީ ދައްކަމުންނެވެ. 

ޕްރޮޑަކްޝަން ޓީމުން ވަނީ ފިލްމު ދައްކަން ބޭނުންވާ ރަށްރަށުން ގުޅަމުން ގެންދިއުމަށް އެދިފަ އެވެ. ފޯން ނަންބަރަކީ 9105590 އެވެ.

ބެލުންތެރީންގެ ނަޒަރުގައި އަހަރުގެ އެންމެ ރީތި ފިލްމަކީ "އިލްޒާމް"

މި އަހަރަކީ ދިވެހި ސިނަމާއަށް އެންމެ ބާރު ބޮޑު އަހަރެވެ. ފުލުފުލުގައި ފިލްމުތައް ދަނީ ދައްކަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި "އިލްޒާމް" އަކީ މި އަހަރު ސްކްރީން ކުރި އެންމެ ރީތި ފިލްމެވެ.

"ހީކުރިވަަރަށް ވުރެ މޮޅު ފިލްމެއް ހަގީގަތުގައިވެސް. މުޅި މި އަހަރުގެ އެންމެ މޮޅު ފިލްމް," ފިލްމު ބެލި މީހަކު ކުރި ކޮމެންޓެއްގައި ލިޔެފައިވެ އެވެ.

"ވަރަށް މޮޅު ފިލްމެއް. ވަރަށް ގިނަ ގޮތްގޮތުން މުޖްތަމައުއާ ގުޅޭ ވަރަށް ސަޅި. އެއްވެސް އިތުރު ވާހަކައެއް ނެތް. ވަރަށް ފުރިހަމައޭ ބުނެވޭނީ," އެހެން މީހަކު ލިޔެފައިވެ އެވެ.

"ފިލްމު ހަމަ ވަރަށް ވަރަށް ވަރަށް ރީތި. ވަރަށް ބައިވަރު މެސެޖުތަކެއް ލިބިގެން ހިނގައްޖެ. ފިލާވަޅުތަކެއް ލިބިގެން ހިނގައްޖެ. އިބްރަތްތަކެއް ލިބިގެން ހިނގައްޖެ. އެއްވެސް ބޭފުޅަކު ނުބަލާ ދޫކޮށްލައިގެން ވާނެ ފިލްމެއް ނޫން މިއީކީ އެއް. ވަރަށް ވަަރަށް ރީތި," ފިލްމު ބެލުމަށް ފަހު ސިނަމާއިން ނިކުމެ ފިލްމަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު