ENGLISH
01 ނޮވެމްބަރު 2025
ހިޔާގެ ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ
01 ނޮވެމްބަރު 2025
|
ހިޔާ ޓަވަރުން މީހަކު ވެއްޓުން
ހިޔާ ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެެއްޖެ އެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު 8:32 ހާއިރު އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ އެ މީހާ މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަަށެވެ.
ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.