ENGLISH

31 އޮކްޓޯބަރު 2025

Advertisement

ދިވެހިބަހުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރާ، ބަހާބެހޭ ވަޒީރުގެ ތަހުނިޔާ

30 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ދިވެހިބަހުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރާ އަދި ބަހާބެހޭ ވަޒީރު

ދިވެހިބަހުގެ ދާއިރާއިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ (ޑޮކްޓަރ އޮފް ފިލޯސަފީ) ޙާޞިލްކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނި ޑރ. އާމިނަތު ޒާހިރާއަށް، ބަހާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަރަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ދަސްވެނިވުމުގެ ފަޚުރުވެރި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މި ކާމިޔާބީއަކީ ދިވެހިބަހަށާއި، ޤައުމީ ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ، ދިވެހިބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.

މި ތާރީޚީ ރަސްމިއްޔާތަކީ ވަރަށް ޝަރަފުވެރި ރަސްމިއްޔާތެއްކަން ފާހަގަކުރައްވަމުން ބަހާބެހޭ ވަޒީރު ވިދާޅުވީ، ޑރ. އާމިނަތު ޒާހިރާ ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވުމަކީ ދިވެހިބަހަށާއި، ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނަށާއި، ދާރިސުންނަށާއި، ދަސްވެނިންނަށް ވަޒީރު ވަނީ ޝުކުރާ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު