ENGLISH

08 ނޮވެމްބަރު 2025

Advertisement

ވަގުފުގެ ދާއިރާއިން އިންވެސްޓުކުރަން ބީއެމްއެލްއާއެކު ސޮއިކޮށްފި

30 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އައުގާފު މަޝްރޫއުތަކަށް އިންވެސްޓުކުރުމާ ގުޅޭ އެއްބަސްވުމުގައި ބީއެމްއެލްއާއެކު ސޮއިކުރުން

ވަގުފުގެ ދާއިރާއިން އިންވެސްޓުކުރުމާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް މިނިސްޓްރީގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މި ފަހުމުނާމާގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފުގެ މަޝްރޫއުތައް ހިންގުމުގައި ބީއެމްއެލް އިސްލާމިކްއިން އިންވެސްޓުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި ބީއެމްއެލްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަަ މުޙައްމަދެވެ. 

މި އެއްބަސްވުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ޑރ.ޝަހީމު ވިދާޅުވީ އިސްލާމީ އައުގާފު މަޝްރޫއުތައް ކުރިއަށްގެންދިއުން ލަސްވި މައިގަނޑު އެއް ސަބަބަކީ އެ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ފައިސާ ހަމަނުޖެހުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބި އައުގާފު މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ. 

އިސްލާމީ އުސޫލުތަކުގެ ތެރެއިން އައުގާފު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ މި އެއްބަސްވުމުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު މާލޭ ސަރަހައްދުގައި ތަރައްގީކުރާ ވަގުފު އިމާރާތް އެޅުމަށް ބީއެމްއެލް އިސްލާމިކްއިންވަނީ 350 މިލިއަން ރުފިޔާގެ ލޯނެއް ދޭން ނިންމާފައެވެ. 

މާލޭގައި ތަރައްޤީކުރާ "ދާރުލްއަރްޤަމް" މަޝްރޫޢުއަށް 39.4 މިލިޔަން ރުފިޔާ ޚަރަދުވާއިރު، އެ މަސައްކަތް ކުރުމަށް ވަނީ އާރްސީސީއާ ހަވާލުކޮށްފައެވެ. ދާރުލްސަލާމް އާއި ދާރުލްއަރްޤަމް ވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 12 ފަންގިފިލާއަށެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު