ENGLISH

05 ނޮވެމްބަރު 2025

Advertisement

މާފަރު ފިޓްނަސް ސެންޓަރުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރިއަށްދަނީ

30 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

މާފަރު ފިޓްނަސް އެންޑް ރެކްރިއޭޝަން މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ

ނ. މާފަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މާފަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މާރޗް 19، 2025 ގައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 4,188,229 ރުފިޔާ އަށެވެ.

ރަށްރަށުގައި ގާއިމުކުރާ މި ސެންޓަރުތަކަކީ އެކި ކަހަލަ ކަސްރަތުތަކާއި ކުޅިވަރުތައަ ކުޅެވޭ ގޮތަށް ވަސީލަތްތައް ގާއިމުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރައްޔިތުންނަށް ބާރުއަޅާ ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ހިންގަމުން އަންނަ ބޮޑު މަޝްރޫއެކެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކޮށް ނިންމުމެވެ. އެގޮތުން މިހާރު ގިނަ ރަށް ރަށުގެ މަޝްރޫޢުތައް ކުންފުނިތަކާއި ހަވާލުކުރެވިފައިވާއިރު، އަމަލީ ގޮތުން ވެސް ގިނަ ސެންޓަރުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު