ENGLISH
30 އޮކްޓޯބަރު 2025
ނ.މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތނބުތައް ޖެހުމަށް ތައްޔާރުވަނީ
30 އޮކްޓޯބަރު 2025
|
ނ.މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަބުތައް ޖެހުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ: އެމްޓީސީސީ
ނ.މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތަނބުތައް ޖެހުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ތަނބުތައް ޖެހުމަށްޓަކައި ތަނބުތައް ވަރުގަދަކޮށް ފޯމްވޯކް ސެޓަޕް ކުރުމުގެ މަސައްކަތް ކަމަށެވެ.
މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނޫނު އަތޮޅަށް ޖުލައި މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަގޫދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާ ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަރައްގީގައި ބޮޑު ހިއްސާއެއް އަދާ ކުރަމުންނެވެ.