ENGLISH

30 އޮކްޓޯބަރު 2025

Advertisement

އޮކްޓޯބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިން 12.1 އިންސައްތަ އިތުރުވެއްޖެ

30 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ފަތުރުވެރިންތަކެއް ވީއައިއޭއަށް ފައިބަނީ

ހިނގަމުންދާ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަށްވުރެ 12.1 އިންސައްތަ އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 149،910 ފަތުރުވެރިންނެވެ. މި އަހަރުގެ އެ މުހުލަތުގައި ޖުމްލަ 168،026 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެހެންކަމުން ހިނގަމުންދާ އޮކްޓޯބަރު މަހުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރާ އަޅާބަލާއިރު 12.1 އިންސައްތަ އިތުރުވެފައިވެއެވެ. 

އޮކްޓޯބަރު މަހުގައި އަައި ޖުމްލަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު އެވެރެޖުކޮށް ދުވާލަކު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އޮކްޓޯބަރު މަހުގެ 27 ދުވަހު ތެރޭގައި ދުވާލަކު 6،223 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. 

ޖަނަވަރީ މަހުން ފެށިގެން ހިނގަމުންދާ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 1،804،937 (އެއް މިލިއަން އަށްލައްކަ ހަތަރުހާސް ނުވަސަތޭކަ ތިރީސް ހަތް) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 1،641،937 (އެއް މިލިއަން ހަލައްކަ ސާޅީސް އެއްހާސް ނުވަސަތޭކަ ތިރީސް ހަތް) ފަތުރުވެރިންނަށްވުރެ 9.9 އިންސައްތަ އިތުރު އަދަދެކެވެ. 

ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 1،332،533 (އެއް މިލިއަން ތިންލައްކަ ބައްތިރީސް ފަސްސަތޭކަ ތެއްތިރީސް) ފަތުރުވެރިން އައީ ރިސޯޓުތަކަށެވެ. އެއީ ރާއްޖެއަށް އައި ފަތުރުވެރިންގެ 73.8 އިންސައްތައެވެ. ގެސްޓުހައުސްތަކަށް އައީ 386،692 ފަތުރުވެރިންނެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 21.4 އިންސައްތަ މީހުންނެވެ. ހޮޓާތަކަށް އައީ 46،359 ފަތުރުވެރިންނެވެ. އަދި ސަފާރީ އުޅަނދުތަކަށް އައީ 37،396 ފަތުރުވެރިންނެވެ. 

ރާއްޖެއަށް އެންމެ ގިނައިން އައީ ޗައިނާއިންނެވެ. އެ ގައުމުން އައީ 291،573 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 223،857 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. 

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 64،994 އެނދު އޮޕަރޭޓުކުރެއެވެ. އެއީ 174 ރިސޯޓުގައި އޮޕަރޭޓުކުރި 43،247 އެނދާއި، 16 ހޮޓާތަކުގައި 2،484 އެނދާއި 933 ގެސްޓުހައުސްތަކުގައި 16،034 އެނދާއި، 163 ސަފާރީ އުޅަނދުގައި 3،229 އެނދެވެ. 

ކިޔުންތެރިންގެ ހިޔާލު