ENGLISH

30 އޮކްޓޯބަރު 2025

Advertisement

އައިކެއާގެ ވޯލްޑް ސައިޓް ޑޭ އިވެންޓް މާދަމާ، ހިލޭ ލޯ ޓެސްޓް ކޮށްލެވޭނެ

30 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

އައިކެއާގެ ވޯލްޑް ސައިޑް ޑޭ އިވެންޓް މާދަމާ އޮންނާނެ. ހިލޭ ލޯ ޓެސްޓް ކޮށްލެވޭނެ

މި އަހަރުގެ ލޮލުގެ ފެނުމުގެ ދުވަސް ނުވަތަ ވޯލްޑް ސައިޓް ޑޭ އާ ގުޅިގެން ބާއްވާ އެންމެ ކުލަ ގަދަ އިވެންޓް ބޭއްވުމަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާދޭ އައިކެއާއިން ތައްޔާރު ވެއްޖެ އެވެ.

މި ހަރަކާތްތައް އޮންނަނީ މާދަމާ ހަވީރު 4:00 އިން ފެށިގެން 10:00 އަށް މާލޭ، ސޯޝަލް ސެންޓަރުގައެވެ.

އައިކެއާއިން ބުނީ، މި ހަރަކާތަކީ އާއިލާތަކާ އެކު ހިތްއުފާކޮށްލެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ހިލޭ ލޯ ޓެސްޓުކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި، ހަރަކާތުގައި ބައިވެރިވާ މީހުންނަށް ޚާއްސަ އޮފާތަކާއި ހަދިޔާތައް ދޭން ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާވާފައިވާ ކަންކަމުގެ ތެރޭގައި، އައިކެއާއިން ބާއްވާ ދަރިވަރުންގެ އާޓް މުބާރާތުގެ ކުރެހުންތައް ދައްކާލުމާއި، އައިކެއާގެ ޑޮކްޓަރުންނާއި ބައްދަލުކޮށްލުމުގެ ފުރުސަތުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި، ރޭގަނޑު ލައިވް މިއުޒިކް އަދި ކާނާގެ ބާވަތްތައް ލިބޭ ސްޓޯލްތައް ވެސް ހުންނާނެއެވެ.

މި ހަރަކާތުގެ ތެރެއިން ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ހަކުރު ބައްޔަށް މީހުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ބާއްވަން ވެސް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާއިން އަންނަނީ ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ބާއްވާ، އެކި އޮފާތަކާއި ހަދިޔާތައް ދެމުންނެވެ. މީގެ ކުރީ އަހަރުތަކުގައި ބޭއްވި މި ފަދަ ހަރަކާތްތަކުގައި އެތައް ހާސް މީހުންނެއް ބައިވެރިވި ކަން އައިކެއާއިން ފާހަގަކުރެ އެވެ.

މި އަހަރުގެ ވޯލްޑް ސައިޓް ޑޭއާ ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ވެސް ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އައިކެއާއިން ދައުވަތު ދެ އެވެ.

ކިޔުންތެރިންގެ ހިޔާލު