ENGLISH

30 އޮކްޓޯބަރު 2025

Advertisement

ޖޭއެސްސީގެ ރައީސަކަށް ހުސްނީ އިންތިހާބުކޮށްފި

30 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މަނަދޫ ދާއިރާގެ މެންބަރު ހުސްނީމުބާރިކް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސަކަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީމުބާރިކް އިންތިޚާބު ކޮށްފި އެވެ.

ޖޭއެސްސީން ބުނީ ކޮމިޝަނަށް ރައީސަކު އިންތިޚާބު ކުރަން މިއަދު ނެގުނު ވޯޓްގައި ކޮމިޝަންގެ ރައީސަކަށް ހުސްނީ އިންތިޚާބު ކޮށްފައިވާ ކަމަށެވެ.

ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީމުބާރިކް ހަމަޖައްސަވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ހުސްނީ، ޖޭއެސްސީއަށް އައްޔަނުކުރައްވާ ފަތްކޮޅު ދެއްވީ މިއަދު އެވެ.

ހުސްނީ އެ މަޤާމަށް އައްޔަނު ކުރެއްވީ އެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ހުސްނީމުބާރަކީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުޤައްރިރުވެސް މެ އެވެ.

ކިޔުންތެރިންގެ ހިޔާލު