ENGLISH

05 ނޮވެމްބަރު 2025

Advertisement

ހދ. ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ

29 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ: އެމްޓީސީސީ

ހދ. ކުރިނބީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ އެއްގަމުތޮށީގައި ގާ އެތުރުމުގެ މަސައްކަތާއި، ޕޭވްމަންޓް ޝަޓަރިންގ އަދި ރެއިންފޯސްމެންޓް މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 4389 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
  • ބަނދަރަށް އިތުރުކުރެވޭ 20172 ކިއުބިކް މީޓަރު ސަރަޙައްދެއް ފުން ކުރުން
  • 2040 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 295 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލަ ޖެހުން
  • 70 މީޓަރު ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 314 މީޓަރު ސަރަޙައްދެއްގައި ސްކޯރިންގ އެޕްރޮން ޖެހުން
  • 314 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން
  • 1556.61 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން

މީގެ އިތުރުން މޫރިންގ ބޮއި ހަރުކުރުމާއި، ނެވިގޭޝަން ލައިޓް ހަރުކުރުމާއި، ރޭމްޕެއް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.

މުޅި މި މަޝްރޫއަށް ގާތްގަނޑަކަށް 42.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާ ކުރެއެވެ.

ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއެކު، އެރަށު ރައްޔިތުންނަށް އަރާ ފޭބުމުގައި ދިމާވަމުން ދިޔަ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށް ރަށުގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު