ENGLISH

28 އޮކްޓޯބަރު 2025

Advertisement

ޖެނެރޭޝަނަލް ބޭން ފާހަގަކުރުުމުގެ ގޮތުން 24 ގަޑިއިރުގެ ދުވުމެއް ބާއްވަނީ

28 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ދުންފަތް މަނާކުރާ ބިލް ރައީސް ތަސްދީގު ކުރެއްވުން. --ފޮޓޯ: ރައީސް އޮފީސް

ޖެނެރޭޝަނަލް ބޭން ފާހަގަކުރުުމުގެ ގޮތުން، 24 ގަޑިއިރުގެ ދުވުމެއް ބާއްވަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދުވުން ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4:00 ގައި، އެކުވެނި ޓްރެކްއިން ކަމަށެވެ.

އަދި މިދުވުން ނިންމާލަން ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށެވެ.

މި ދުވުމުގައި ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި، އެޑްވޮކެސީ ސްޓޯލާއި، ލައިވް މިއުޒިކް އަދި ފޮޓޯ ބޫތުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ދުވުމުގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ޤާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވީ މިދިޔަ މޭ މަހު 21 ވަނަ ދުވަހުއެވެ.

މި ބިލުގެ ދަށުން ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އެއްވެސް ފަރާތަކުން 1 ޖެނުއަރީ 2007 ގައި އުފަންވެފައިވާ އެއްވެސް މީހަކަށް ވިއްކުމަކީ މަނާ ކަމެކެވެ. ހަމައެއާއެކު އުމުރުން 21 އަހަރު ނުވާ މީހުންނަށް މީގެކުރިން ވެސް އޮތް ގޮތަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވެގެންދާއިރު މިއިން އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކުމުގެ މުއާމަލާތެއްގައި ވެސް ބައިވެރިނުކުރެވޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަވެފައިވަނީ ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް، މީގެ ކުރިން ދިވެހިރާއްޖޭގައި ވެރިކަންކުރި އެހެން ވެރިޔަކަށް އަޅަން ނުކެރުނު ތާރީހީ ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. މިގޮތުން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެންވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު